ދަމު ނަމާދުކުރާނީ 32 މިސްކިތެއްގައި، އިއުތިކާފަށް ތިބުމަށް 16 މިސްކިތެއް

ކޮންމެ އަހަރަކު ވެސް ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް ކަނޑައަޅަ އެވެ.

އިސްލާމީ މަރުކަޒުގައި ކުރެވުނު ނަމާދުގެ ޖަމާއަތެއް --

ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ޖަމާއަތު ގައި ދަމު ނަމާދުކުރާނެ ކަމަށާ އިއުތިކާފަށް ތިބެން 16 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮންމެ އަހަރަކު ވެސް ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް ކަނޑައަޅަ އެވެ.

މިނިސްޓްރީން ބުނީ މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށެވެ. އެއީ؛

  •  އިސްލާމީ މަރުކަޒު
  •  މަސްޖިދު މަލިކި ސަލްމާން
  •  ވިޔަފާރިވެރިންގެ މިސްކިތް
  •  ބަންޑާރަ މިސްކިތް
  •  ދުނބުރި މިސްކިތް
  •  ތައިބާ މިސްކިތް
  •  މާވެޔޮ މިސްކިތް
  •  މަސްޖިދުއް ސަލާހުއްދީން
  •  ފުރުގާން މިސްކިތް
  •  ޖަލާލުއްދީން މިސްކިތް
  •  ނޫރު މިސްކިތް
  •  އިބްރާހިމް މިސްކިތް
  •  ޝަހީދު އަލީ
  •  އިސްކަންދަރު މިސްކިތް
  •  ފަނޑިޔާރު މިސްކިތް
  •  ރަން މިސްކިތް
  •  ފައިފުހޭ މިސްކިތް
  •  މާފަންނު އާ މިސްކިތް
  •  ސަލާމް މިސްކިތް
  •  އިހްލާސް މިސްކިތް
  •  ބިއްރި މިސްކިތް
  •  ވައްގުއްބު މިސްކިތް
  •  އަޒީޒާ މިސްކިތް
  •  އުމަރު ބުނުލް ހައްތާބު
  •  ވާލިދައިނި މިސްކިތް
  •  ހުޅުމާލޭ ވަގުތީ މިސްކިތް
  •  ރަޝީދު މިސްކިތް
  •  އަސްދިގާ މިސްކިތް
  •  މުހައްމަދު މިސްކިތް
  •  ހަސަން އާދަމް މިސްކިތް
  •  އުސްމާން ބިން އައްފާން
  •  އަބީބަކުރުއައްއްސިއްދީގު

އިއުތިކާފަށް ތިބުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒާއި ވިޔަފާރިވެރިންގެ މިސްކިތާއި ފުރުގާން މިސްކިތާއި ޖަލާލުއްދީން މިސްކިތާއި ޝަހީދު އަލީ މިސްކިތާއި ނޫރު މިސްކިތާއި ފަނޑިޔާރު މިސްކިތާއި މާވެޔޮ މިސްކިތާއު އިހްލާސް މިސްކިތާއި ވައްގުއްބު މިސްކިތާއި އަޒީޒާ މިސްކިތާއި ރަޝީދު މިސްކިތާއި އައްސިއްދީގު މިސްކިތާއި ހަސަން އާދަމް މިސްކިތާއި އަމީލް ޖަލީލް މިސްކިތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.