މައުމޫންގެ ސުވާލެއް: ޑިމޮކްރަސީއަކީ ކިޔުނުހާ ގޯސްއެއްޗެއް އަޑުގެ ކޮޅަށް ގޮވުންބާ

"‏ޑިމޮކްރަސީ އަކީ އެކަކަށް ކިޔުނުހާ ގޯސްއެއްޗެއް އަނެކަކާ ދިމާއަށް އަބަދާއަބަދު އަޑުގެ ކޮޅަށް ގޮވަމުން ގެންދިއުން ބާވައޭ އަޅުގަނޑު ހިތަށް އަރާ،"

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ޑިމޮކްރަސީ އަކީ އެކަކަށް ކިޔުނުހާ ގޯސްއެއްޗެއް އަނެކަކާ ދިމާއަށް އަބަދާއަބަދު އަޑުގެ ކޮޅަށް ގޮވަމުން ގެންދިއުންތޯ ސުވާލު ކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގަައްޔޫމް ސުވާލެއް ކުރިމަތި ކުރައްވައިފި އެވެ.

އެމަނިކުފާނު މި ސުވާލު ކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއް ގައެވެ.

"‏ޑިމޮކްރަސީ އަކީ އެކަކަށް ކިޔުނުހާ ގޯސްއެއްޗެއް އަނެކަކާ ދިމާއަށް އަބަދާއަބަދު އަޑުގެ ކޮޅަށް ގޮވަމުން ގެންދިއުން ބާވައޭ އަޅުގަނޑު ހިތަށް އަރާ،" އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި މައުމޫން ވިދާޅުވި އެވެ.

މައުމޫން މިފަދަ ޕޯސްޓެއް ކުރެއްވީ ކޮން ކަމަކަށް އަމާޒު ކުރައްވާ ކަމެއް / ކޮން ބަޔަކަށް އަމާޒު ކުރައްވާ ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް ކާކުކަން ނޭންގޭ ގޮތަށް އެކްސް ގައި ހިންގާ އެކައުންޓަކުން ރައީސް މައުމޫނާއި އެމަނިކުފާނުގެ ދޮށީ ދަރިކަލުން ފާރިސް މައުމޫނާއި ގުޅޭގޮތުން ހުތުރު ބަސްތަައް ބޭނުން ކޮށްގެން ޕޯސްޓް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. މައުމޫންގެ މި ޕޯސްޓަށް ވެސް އެ އެކައުންޓުން ވަަރަށް ހުތުރު ބަސްތަކެއް ބޭނުން ކޮށްގެން ރައްދު ދީފައިވެ އެވެ.

ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ނަމަވެސް އެމަނިކުފާނު އެކަން ކުރެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުން ދަނިކޮށެވެ.

ޑިމޮކްރަސީއާއެކު އެކި މުއައްސަސާތައް އުފެދި މުހިންމު ބައެއް ހައްގުތައް ކަށަވަރުވެ ހިޔާލުފާޅުކުރުމާއި އެ ނޫން އެތައް ހައްގެއް ތައްމިނަށް ލިބިގެން ދިޔައިރު މުޖްތަމައުގެ އަހްލާގު ވަނީ ދަށް ވެފައެވެ. އެކަކު އަނެކަކަށް އިހްތިރާމް ކުރުން ގެއްލި މުޖްތަމައުގައި އޮތް ގާތްކަމާއި ގުޅުންތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާ ފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.