އީދު ދުވަހުގެ ހަވީރު ދެ ގަޑިއިރަށް މާލޭގައި ވެހިކަލް މަނާ

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލްވުމުގައި ކަނޑައަޅާފައި ވަނީ އީދު ދުވަހުގެ ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާ ވަގުތުގެ ގޮތުގައި ހަމަޖެއްސުމަށެވެ.

ރެލީއެއްގައި ޒުވާނުންތަކެއް؛ އީދު ދުވަހު ވެހިކަލް މަނާ ދެ ގަޑިއިރު ވަނީ ކަނޑައަޅާފައި

ކުރިއަށް އޮތް ފިތުރު އީދު ދުވަހު މާލެ ސިޓީ ގައި ވެހިކަލް މަނާ ދެ ގަޑިއިރު ކަނޑައަަޅައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލްވުމުގައި ކަނޑައަޅާފައި ވަނީ އީދު ދުވަހުގެ ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާ ވަގުތުގެ ގޮތުގައި ހަމަޖެއްސުމަށެވެ.

ވެހިކަލް މަނާ -- ހިނގާފައި އުޅެވޭ ވަގުތުތަކެެއް ކަނޑައަޅައި ދިނުމަށް އެދުނީ ސަރުކާރުންނެވެ. ބަހާ ތަރިކަ މިނިސްޓްރީން އެކަމަށް އެދުނީ އީދު ދުވަހު ހަވީރު މާލޭގެ މަގުތަކުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އޮތުމުން އެކަމަށް ފުރުސަތު ފަހިކޮށް އަދި އާންމުންނަށް އެ ހަރަކާތްތައް ބަލާލެވޭނެ ފަހި ގޮތްތަކެއް ހަމަޖައްސައި ދިނުމަށެވެ.

ކައުންސިލް ބައްދަލްވުމުގައި ފުރަތަމަ ހުށައެޅި ގޮތް ނިންމީ ވެހިކަލް މަނާ ހަތަރު ގަޑިއިރު ހަމަޖެެއްސުމަށެވެ. އެއީ ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށެވެ. ނަމަވެސް އެ ހުށައެޅުން ފާސް ނުވި އެވެ.

ކައުންސިލްގެ އަޣުލަބިއްޔަތުން ނިންމީ ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާ ކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.