ހަސަންގެ ކެންޑިޑެސީ ބާތިލު ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އޭނާގެ ސާބިތު ދަރަންޏެއް އޮވެ ކޯޓް ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ ކެންޑިޑެސީ ބާތިލުކޮށް ދިނުމަށް އެދި މައްސަލަ ހުށައަޅާފައި ވަނީ ހެންވޭރު، ކްއީން އިލްޔާސް އަހްމަދެވެ.

ވީބީ ހަސަން: އޭނާގެ ކެނޑިޑެސީ ބާތިލުކުރަން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައި --

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ކެންޑިޑެސީއާ ބާތިލު ކުރަން މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ވީބީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަސަން، މަޖިލީސް އިންތިހާބު ގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. އޭނާގެ ސާބިތު ދަރަންޏެއް އޮވެ ކޯޓް ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ ކެންޑިޑެސީ ބާތިލުކޮށް ދިނުމަށް އެދި މައްސަލަ ހުށައަޅާފައި ވަނީ ހެންވޭރު، ކްއީން އިލްޔާސް އަހްމަދެވެ. އޭނާ އަކީ މެދު ހެންވޭރު ދާާއިރާގެ މިހާރުގެ މެންބަރު އަލީ އާޒިމްގެ ކޮއްކޮ އެވެ.

ދައުވާ ގައި ބުނަނީ ސާބިތު ދަރަންޏެއް އޮވެ ކޯޓް ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ހަސަންގެ ކިބައިގައި ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށާއި، އެހެން ކަމުން އޭނާގެ ކެންޑިޑެސީ ބާތިލުކޮށް ދިނުމަށެވެ. އެގޮތުން، ގާނޫނު އަސާސީގެ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ 73 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށްފައިވެ އެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަގާމަށް ކުރިމަތިނުލެވޭނެކަން ގާނޫނު އަސާސީން އެނގެން އޮންނަ ކަމަށެވެ.

އަދި އެ ދަރަންޏަކީ އޭނާގެ މައްޗަށް މައާފުކޮށްދީފައިވާ ދަރަންޏެއްކަން ވެސް އެނގެން ނެތް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ހަސަންގެ މައްޗަށް އޮތް ދަރަންޏަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 2006 ވަނަ އަހަރު ދޫކޮށްފައިވާ 10 މިލިއަން ޑޮލަރުގެ ލޯނަކާއި 2008 ވަނަ އަހަރު ދޫކޮށްފައިވާ 64 މިިލިއަން ޑޮލަރުގެ ލޯނެއްގެ މައްސަލަ އެވެ. އޭނާގެ މައްޗަށް އޮތް ސާބިތު ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ.

ހަސަންގެ ކެނޑިޑެސީ ބާތިލުކޮށްފައިވާއިރު، މެދު ހެންވޭރު ދާއިރާއަށް އެންމެ ވަރުގަދަ ކެމްޕެއިނެއް މިހާރު ވެސް ހިނގަނީ ހަސަންގެ ކެމްޕެއިން ޓީމުންނެވެ. ހަސަން ފުރަތަމަ ނިންމީ ޕީޕީއެމް / ޕީއެންސީގެ ޓިކެޓް ގައި ވާދަ ކުރުމަށެވެ. ނަމަވެސް އެ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ނިންމާ ޕްރައިމަރީން ފުރުސަތު ނުދޭން ކަނޑައަޅާ ސިޓީ ފޮނުވި ބޭފުޅުންގެ ތެރޭގައި ހަސަން ހިމެނުމުން އޭނާ ވަނީ ޕީއެންސީން ވަކިވެ އަމިއްލަ ގޮތުން ވާދަ ކުރަން ނިންމާފައެވެ. ޕްރައިމަރީ ފުރުސަތު ދޭން ފަހުން ނިންމުމުން ވެސް އެ ފުރުސަތު އޭނާ ގަބޫލެއް ނުކުރި އެވެ. 

ކޮމެންޓް

2
450
ޙަސަން
4 weeks ago

ތިން ބަކަރި ފެހި މީދަލަށް ވީވަރުވެސް ަސަނަށް ނުވިދޯ. ދެން އަންނަ އިންތިހާބަށް ވާންވާއިރަށް ތިޔަ ލޯނުން ބަރީއަވެވޭތޯ ބަލާ

ޙަސަން
4 weeks ago

ތިން ބަކަރި ފެހި މީދަލަށް ވީވަރުވެސް ަސަނަށް ނުވިދޯ. ދެން އަންނަ އިންތިހާބަށް ވާންވާއިރަށް ތިޔަ ލޯނުން ބަރީއަވެވޭތޯ ބަލާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.