ޑޯލީ ޗައިވާލާ ރާއްޖޭގައި، އިންޑިއާ މީޑިޔާގެ ފަލަ ސުރުހީއަށް

ޑޯލީ ޗައިވާލާ ރާއްޖެ އައިސް ފޮޓޯތައް ލާން ފެށުމުން އޭނަ ބޮއިކޮޓް ކުރަން އިންޑިއާގެ ބައެއް މީހުން ގޮވިނަމަވެސް ގިނަ މީހުންވަނީ ރާއްޖެ އައުމުން އެކަން ފާހަގަކޮށްފަ އެވެ.

ޑޯލީ ޗައިވާލާ ވިޒިޓް މޯލްޑިވްސް ބޯޑު ކައިރީ ފޮޓޯއަކަށް ހުއްޓިގެން

ބިލް ގޭޓްސްއާ ބައްދަލުކޮށް ބޮޑު މަޝްހޫރު ކަމެއް ދާދި ފަހުން ހޯދި އިންޑިއާގެ ސައި ވިއްކުންތެރިޔާ ޑޯލީ ޗައިވާލާ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައިސްފި އެވެ. 

އިންޑިއާގެ ސޯޝަލް މީޑިއާގެ އިފްލުއެންސާއެއްގެ ގޮތުގައި ބަލާ ޑޯލީ ޗައިވާލާ ރާއްޖެ ގެނެސްފައި ވަނީ ރާއްޖޭގެ ރަށަކަށެވެ. އޭނާ ރާއްޖެ ގެނައުމާއެކު އިންޑިއާގެ މީޑިއާގައި މިހާރު މުޅިން ވެސް ދައްކަނީ އޭނާ ރާއްޖެ އައި ވާހަކަ އެވެ. 

މި ވާހަކައިގެ ތެރެއަށް އިންޑިއާގެ ހަރުކަށި ވިސްނުމުގެ ބައެއް މީހުން ވަދެ ވަނީ އޭނާ ބޮއިކޮޓް ކުރަން ވެސް ގޮވާފަ އެވެ. އެކަމަކު ބޮއިކޮޓް ކުރަން ގޮވާ އަޑަށްވުރެ މިހާރު އެ ގައުމުގެ މީޑިއާގައި ގިނަވެފައި ވަނީ އޭނާ ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ބޯޑު ކައިރީގައި ހުރެގެން ނަގާފައިވާ ފޮޓޯ ގަނޑެކެވެ. 

އިންޑިއާގެ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ޑޮލީ ޗައިވާލާ ރާއްޖެ އައިސްފައިވާއިރު އެ ގައުމުގެ ބައެއް ފަރާތްތަކުން ރާއްޖެ ބޮއިކޮޓް ކުރަން ދާދިފަހުން ހިންގި ކެމްޕޭންގެ ފޯރީގައި ރާއްޖެއަށަް ދެން ދުވަހަކު ވެސް ނުދާނެ ކަމަށް ބުނި ގިނަ މީހުން މިހާރު ވަނީ އަލުން ރާއްޖެ އަންނަން ފަށާފަ އެވެ. 

އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު އެއް މާކެޓެވެ. މިދިޔަ ދެ އަހަރު އެ ގައުމު އެއްވަނާގައި އޮތްނަމަވެސް މިވަގުތު އެ ގައުމުން އޮތީ ލިސްޓުގެ ހަ ވަނާގަ އެވެ. އަދި އެ ގައުމުން އައިސްފައިވަނީ 33,336 މީހުންނެވެ. އެކަމަކު މިހާރު އެންމެ ހަލުވިކޮށް އިތުރުވަމުންދާ އެއް ގައުމުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.