އަލަށް އަޅާ އެއާޕޯޓްތަކާއެކު ރާއްޖޭގެ އެއާޕޯޓުގެ އަދަދު 35 އަށް

އަލަށް އެއާޕޯޓް އަޅާ ރަަށްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ދެ އެއާޕޯޓްވެސް ހިމެނެ އެވެ. މީގެ އިތުުރުން މިހާރުހުރި އެއާޕޯޓްތައް އަޕްގްރޭޑް ކުރުމުގެ ބައެއްވެސް ހިމެނެ އެވެ.

މިދިޔަ ސަރުކާރުން ހުޅުވި ގދ. އަތޮޅުގެ ފަރެސްމާތޮޑާ އެއާޕޯޓަށް

ލާމު އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރުމުގެ އިތުރުން އިތުރު ނުވަ އެއާޕޯޓެއް އަޅަން ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން ނިންމައި ލިސްޓަށް އިތުރު ރަށްތަކެއް އިތުރު ކުރައްވާފަ އެވެ. މި އެއާޕޯޓްތަކާއެކު މިހާރު ހުރި އެއާޕޯޓްތައް ހިމެނުމުން ރާއްޖޭގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާޕޯޓްތަކުގެ އަދަދު 35 އަށް އިތުރު ވެގެންދާނެ އެވެ. 

ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2023/6 އިސްލާހުކޮށް ވަނީ އިތުރު ރަށްތަކެއް އިތުރުކޮށް އާ ލިސްޓެއް ނެރެފަ އެވެ. މި ލިސްޓުގައި ގިނަ އަދަދެއްގެ އާ އެއާޕޯޓް އަޅަން ނިންމަވާފައިވެ އެވެ. 

ރައީސުލް ޖުމްހޫރިއްޔާގެ ގަރާރުގައި ހިމަނުއްވާފައިވާ މި ލިސްޓުގައި ރާއްޖޭގެ ނުވަ ސަރަހައްދެއްގައި އެއާޕޯޓްތައް ތަރައްގީ ކުރަން ހިމަނާފައިވެ އެވެ. މި މަޝްރޫއަށް ހަރަދު ކުރަން ޖެހޭ އެންމެ ކުޑަ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 4 މިލިއަން ޑޮލަރާއި 10 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ. 

އަލަށް އެއާޕޯޓް އަޅާ ނުވަ ރަށް

  •  އދ. ދިއްދޫ | ށ. މިލަންދޫ | ރ. ފައިނު
  •  ފ. ނިލަންދޫ | ތ. ގުރައިދޫ | ށ. ދިގުވެލި
  •  ނ. ވިހަފަރު | އއ. މަތިވެރި | ގދ. މާޅެންދޫ

ފެށިފަ އެއާޕޯޓްތައް ނިންމަން - މީގެ އިތުރުން މިހާރު މަސައްކަތް ފެށިފައިވާ ހދ. މަކުނުދޫ އާއި މ. މުލި އަދި ބ. ތުޅާދޫއާއި ރ. ފައިނު އަދި ށ. ވިލެއްފަހީގެ އިތުރުން ތ. ވިލުފުށީ އެއާޕޯޓް މަސައްކަތް ނިންމުން ވެސް މި ގަރާރުގައި ކަނޑައަޅާފައިވެ އެވެ. މި މަސައްކަތްތަކަށް އިންވެސްޓް ކުރަން ކަނޑައަޅާފައިވާ ކުޑަ އަގަކީ ހަތަރު މިލިއަން ޑޮލަރެވެ. މީގެ ގިނަ އެއާޕޯޓް ތަރައްގީ ހަމައެކަނި ބިން ހިއްކަން ފެށުން ނޫން މަސައްކަތެއް ނުކޮށް ހުރި ތަންތަނެވެ. މުޅި މި މަޝްރޫއުވެސް އޮތީ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށެވެ. 

މި އެއާޕޯޓް ތަރައްގީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި މި ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުތަކުގައި އެއާޕޯޓް އަޅަން ވައުދުވެވަޑައިގަތް ރަށްތަކެކެވެ. މިގޮތުން ގއ. ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ހިމެނެ އެވެ. 

ރައީސްގެ ގަރާގަށް އިތުރުކުރި ރަށްތަކުގެ ލިސްޓުން އެންމެ ފާހަގަކޮށްލެވެނީ ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމުގެ އިތުރުން ހައްދުމަތީ އައްސޭރި ޓޫރިޒަމް މަޝްރޫއެވެ. ލ. ގަމުގައި ހިންގާ ހައްދުންމަތީ އައްސޭރި ޓޫރިޒަމް މަޝްރޫ އަށް ހަރަދު ކުރަން ޖެހޭނެ އެންމެ ކުޑަ މިންވަރަކީ ހަތް މިލިއަން ޑޮލަރެވެ. ހައްދުންމަތީގައި އެއާޕޯޓު އަޅާނެ ސަރަހައްދެއް އަދި ފާހަގަކޮށްފައެއް ނެތެވެ. މިކަން ކުރަން ޖެހެނީ ސަރުކާރުން ކަނޑައަޅާ ރަށެއްގަ އެވެ. 

ހުރި އެއާޕޯޓްތައް އަޕްގްރޭޑް ކުރަން

  •  ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން - 4 މިލިއަން ޑޮލަރު
  •  ފުނަދޫ އެއާޕޯޓް ތަރައްގީ ކުރަން - 4 މިލިއަން ޑޮލަރު
  •  ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރުން - 4 މިލިއަން ޑޮލަރު
  •  ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރަން - 4 މިލިއަން ޑޮލަރު
  •  ފުވައްމުލަކު ސިޓީ އެއާޕޯޓް ތަރައްގީ ކުރަން - 4 މިލިއަން ޑޮލަރު
  •  މާވަރުލު އެއާޕޯޓް ތަރައްގީ ކުރަން - 4 މިލިއަން ޑޮލަރު

ރައީސުލް ޖުމްހޫރިއްޔާގެ ގަރާނުގައި ހިމަނުއްވާފައިވާ އާ އެއާޕޯޓްތަކާއި މިހާރު ރާއްޖޭގައި ހިންގާ 18 އެއާޕޯޓާއި އަލަށް ތަރައްގީ ކުރާ ނުވަ އެއާޕޯޓް އަދި އަޅަމުން ގެންދާ ހަ އެއާޕޯޓާއެކު ޖުމްލަ އެއާޕޯޓުގެ އަދަދު 35 އަށް އިތުރުވާނެ އެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުން ވެސް 20 މިނެޓުން ދެވޭ ރާސްތާގައި އެއާޕޯޓެއް ތަރައްގީ ކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.