"ހައްޔަރު ކުރެވިދާނެ ފަހަތަކަށް ނުޖެއްސޭނެ"

ހާޒިރު ކުރަނީ އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އާރްޑީސީއާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައިގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

ހައްޔަރު ކުރިޔަސް ވަރިހަމަ ކަމަށާއި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ފައްޔާޒު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން އަންގާފައި ވަނިކޮށެވެ. ފައްޔާޒު ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިއަދު މެންދުރު 3:00 އަށެވެ.

އެމްޑީޕީގެ ކެމްޕޭނު އިވެންޓެއްގައި ރޭ ފައްޔާޒު ވިދާޅުވީ "ދުނިޔެމަތީގައި ބިރަކީ އަޅުގަނޑު ދަންނަ އެއްޗެއް ނޫން" ކަމަށެވެ. "ހަމައެކަނި ބިރު ގަންނަނީ މާތްﷲ އާއި އާހިރަތް ދުވަހަށް' ކަމަށެވެ. 

"އަޅުގަނޑު ގެންގޮސް ހައްޔަރު ވެސް ކުރަންވީ. އަޅުގަނޑުގެ ފުރާނަ ވެސް ދުއްވާލަންވީ. ކުޑަކޮށް ވެސް ފަހަތަށް ނުޖެހޭނަން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އުޅެނީ އެމްޑީޕީގެ މެންބަރުންނަށް ބިރުދައްކަން ކަމަށާއި ނަމަވެސް އެމްޑީޕީގެ މެމްބަރުންނަކީ ބިރުގަންނަ ބައެއް ނޫން ކަމަށެވެ. 

ފައްޔާޒު ފުލުހަށް ގެންދާއިރު، ޗިޓުގައި ބުނެފައިވާ ގޮތުން ހާޒިރު ކުރަނީ އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އާރްޑީސީއާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި ފައްޔާޒްއަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.