ގެދޮރު އަޅަން އެއް މިލިއަނާއި ތިން މިލިއަން ރުފިޔާގެ ލުއި ފެސިލިޓީއެއް ތައާރަފުކޮށްފި

މި ފެސިލިޓީގައި ހިމެނެނީ ރަށްރަށަށް ހާއްސަ އެއް މިލިއަނާ ހަމައަށް ނެގޭ ފެސިލިޓީއަކާއި މާލެ ސަރަހައްދާއި އާބަން ރީޖަންތަކަށް ދޫކުރާ ތިން މިލިއަންގެ ފެސިލިޓީއެކެވެ.

އެޗްޑީއެފްސީ އާއި ސަރުކާރުން ފެސިލިޓީގެ އެއްބަސްވުމުގައި ސޮއިކުރަނީ

ގެދޮރު އަޅަން ލުއި ފަސޭހަ އިސްލާމިކް ފައިނޭންސިން ފެސިލިޓީއެއް ދޫކުރަން ހައުސިން ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ތައްޔާރު ވެއްޖެ އެވެ. މި ފައިނޭންސިން ފެސިލިޓީގައި ހިމެނެނީ އެއް މިލިއަނާއި ތިން މިލިއަންއާ ހަމައަށް ދޫކުރާ ދެ ފެސިލިޓީއެކެވެ. 

ސަރުކާރުގެ އިސް ނެގުމެއްގެ މަތިން ގެދޮރު ނުހެދި ތިބި މީހުންގެ ގެ ފަސޭހައިން ހެދޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން މި ފައިނޭންސިން ސްކީމް ދޫކުރަނީ އެޗްޑީއެފްސީ އިންނެވެ. 

މި ފައިނޭންސިން ފެސިލިޓީ ދިނުމުގެ އެއްބަސްވުމުގައި ސަރުކާރާއި އެޗްޑީއެފްސީއިން މިރޭ ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފަ އެވެ. 

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ. އެޗްޑީއެފްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު އެވެ.

މި ސްކީމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން
ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހާއްސަކޮށްގެންނެވެ. 

މި ސްކީމުގެ ދަށުން ބޯހިޔާވަހިކަން ގާއިމުކުރުމަށް ލޯނު ދޫކުރާނީ ފަސް ޕަސެންޓުގެ ޕްރޮފިޓެއް ހިމަނައިގެންނެވެ. އިސްލާމިކް ފައިނޭންސުގެ އަސާސްތަކުގައި އިންޓަރެސްޓްއަކީ ހުއްދަ އެއްޗެއް ނޫނެވެ. އެހެންވެ ހިދުމަތުގެ އަގަށް ވަކި އަދަދެއް ހިމަނަ އެވެ. މިގޮތުން ހިދުމަތުގެ ފީގެ ގޮތުގައި ޕްރޮފިޓަށް މި ފެސިލިޓީގައި ފަސް ޕަސެންޓް ހިމަނާފައިވެ އެވެ. 

ހިޔާ ފައިނޭންސިންގެ ދެ ފެސިލިޓީ

  •  އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ފެސިލިޓީ ނެގޭނީ އެއް މިލިއަން ރުފިޔާއާ ހަމައަށް
  •  ގްރޭޓާ މާލެ ރީޖަން ސަރަހައްދާއ،ި ސަރުކާރުން އާބަން ސެންޓަރތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ހާއްސަ ފެސިލިޓީ ނެގޭނީ ތިން މިލިއަނާ ހަމައަށް

އެޗްޑީއެފްސީން މިހާރު ވެސް ގެ އަޅަން ފަސް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދެ އެވެ. މިއީ އާއްމު ކޮންވެންޝަނަލް ލޯނެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.