އަނިޔާގެ ސިލްސިލާ ފެށިއްޖެ، އަނިޔާވެރި ނުވެ ހިދުމަތް ކުރެވޭނެ: ރައީސް ސޯލިހް

"އެއްވެސް އަސާސެއް ނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރު ކުރަން ފެށުމުން އެ އިޔާދަ ވަނީ ކުރީގައި ވެސް އަޅުގަނޑުމެން ދުށް އަނިޔާވެރިކަމާއި ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

‏އެއްވެސް އަސާސެއްނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަ ވަނީ ކުރީން އޮތް އަނިޔާވެރިކަމާއި ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށް ކުރީގެ ރަަައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ރައީސް ސޯލިހް މިހެން ވިދާޅުވީ އާރުޑީސީގެ އެތައް މިލިއަން ރުފިޔާގެ ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ބައެއް ތަފްސީލް ހާމަކޮށް އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންނާއި އެންޓި ކޮޕަރްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ފަށާފައި ވަނިކޮށް އެ މައްސަލާއިގެ ތަހުގީގަށް ހާޒިރުވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެންގުމާއި ގުޅިގެންނެވެ.

ރައީސް ސޯލިހް ވިދާޅުވީ އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށެވެ.

"އެއްވެސް އަސާސެއް ނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރު ކުރަން ފެށުމުން އެ އިޔާދަ ވަނީ ކުރީގައި ވެސް އަޅުގަނޑުމެން ދުށް އަނިޔާވެރިކަމާއި ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ. އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ،" ސޯލިހް ވިދާޅުވި އެވެ.

ފައްޔާޒު، ފުލުހަށް ހާޒިރުވާން ޖެހެނީ މާދަމާ މެންދުރު ފަހު 3:00 އަށެވެ. އާރުޑީސީގެ ހިޔާނާތުގެ ފައިސާ އިން މާލީ މަންފާ ހޯދާފައިވާ ކަމަށް ފައްޔާޒުގެ މައްޗަށް ތުހުމަތު ކުރެ އެވެ.

އެ ތުހުމަތުތައް ކުރީގެ އިކޮނޮމިކް މިނިސްޓަރު ދޮގު ކުރައްވައެވެ. ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށެވެ. އަދި އާރުޑީސީ އިން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ ބަލާ މައްސަލަ އަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލަ އެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މިއީ ސިޔާސީ ގޮތުން ހިންގާ ކަމަކަށް ވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.