ޗައިނާގެ ލޯނުތަކަށް އަދި ލުޔެއް ނުދޭ: އެމްއެމްއޭ

ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭ އެއް ގައުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ޗައިނާގެ ރައީސް ޝީ ޖިން ޕިން

ޗައިނާ އިން ނަގާފައިވާ އެއްވެސް ލޯނެއް މިހާތަނަށް އަދި ރީސްޓްރަކްޗާ ކޮށްފައި ނެތް ކަމަށް މަރުކަޒީ ބޭންކް އިން ބުނެފި އެވެ. 

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މާލިއްޔަތު ކޮމެޓީގައި މިއަދު މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ މިހާތަނަށް ޗައިނާގެ އެއްވެސް ލޯނެއް އަދި ރީސްޓްރަކްޗާ ކޮށްފައި ނެތް ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ރާއްޖޭން ޗައިނާގެ ބޭންކްތަކުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކޮށްދޭން އެ ގައުމުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާ އެވެ. އެ ގައުމަކީ އިންޑިއާ ނަގާގަ އެންމެ ގިނައިން ރާއްޖެއަށް ލޯނުދޭ ގައުމެވެ. ޗައިނާގެ ލޯނުތައް އެހެން ގައުމުތަކުގެ ލޯނުތަކަށްވުރެ ލުއިކަން އައިއެމްއެފުންވެސް ފާހަގަ ކުރެ އެވެ. 

ރާއްޖޭން އެކި ގައުމުތަކުން ލޯނު ނަގައިގެން ކަންކަން ކުރަމުން ގެންދާއިރު ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ 115 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.