ފައިސާ ޗާޕު ކުރުން ހުއްޓާލައި، ސަރުކާރުން ހަރަދު ކުޑަ ކުރާތަން ފެނޭ: އެމްއެމްއޭ

އެމްއެމްއޭއިން ކޮމެޓީގައި ބުނީ ހަރަދު ކުޑަކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާތަން ފެންނަ ކަމަށެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު -- ސަން

ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލުމަށްފަހު ސަރުކާރުގެ ހަރަދުތައް ކުޑަ ކުރާތަން ފެންނަމުންދާ ކަމަށް މަރުކަޒީ ބޭންކް އިން ބުނެފި އެވެ. 

މާލިއްޔަތު ކޮމެޓީގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލުމަށްފަހު ފާހަގަ ކުރެވެނީ ޕަބްލިކް ބޭންކް އޯވަ ޑްރާފްޓް - އާއްމު ބަހުރުވައިންނަމަ ފައިސާ ޗާޕުނުކޮށް ކުރިއަށް ގެންދާތަން ކަމަށެވެ. 

"ހިސާބު ތަކުން ފެނޭ ރިކަރަންޓް އެކްސްޕެންޑިޗާ އާއި ކެޕިޓަލް ހަރަދުތައް މާރިޗުގެ މިހާތަނަށް ކުޑަކަން. ކެޕިޓަލް އެކްޕެންޑިޗާ އެބަހުރި 2023 ގައި 3.2 ބިލިއަންގައި. އެކަމަކު މިހާރު އުޅޭކަމަށް މި ފެންނަނީ 1.5 ބިލިއަން ރުފިޔާގަ. ޖުމްލަ ހަރަދުތަކަށް ބަލާއިރު އެކި ދިމަދިމާލުން ކޮންޓްރެކްޓް ކުރެވިފަ. ހާއްސަކޮށް ޑޮމެސްޓިކް މާކެޓުން ފައިސާ ނަގައިގެން ކޭޝް ފްލޯ މެނޭޖު ކުރަމުން މި ގެންދަނީ،" އިމާދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިހާތަނަށް ބަލާއިރު ޑޮމެސްޓިކް މާކެޓު [އެތެރޭގެ ބާޒާރުން] މިހާތަނަށް މާބޮޑު އަދަދުތަކެއް ނަގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ. 

"އެހެންވެ މުޅި ކޭޝްފްލޯ މެނޭޖުމަންޓުގައި ބުނެވޭނީ ވަރަށް ބޮޑު ކޮންޓްރެކްޝަނެއް ގެނެވިފައޭ މި އޮތީ،" އިމާދު ވިދާޅުވި އެވެ. 

ފިނޭންސް މިނިސްޓްރީން ވަނީ ކޮންމެހެން މި ވަގުތަށް ބޭނުންވާ ޕްރޮޖެކްޓްތައް ނޫން ޕްރޮޖެކްޓްތައް ހިންގުން މި ވަގުތަށް ވަގުތީ ގޮތުން ވަނީ މަޑު ޖައްސާލާފަ އެވެ. މި ބަދަލު ގެނައި ސަބަބަކީ ދަރަނި އިންތިހާ އަށް ބޮޑުއިރު ގިނަ މަޝްރޫއުތައް މިދިޔަ ސަރުކާރުން ފަށާފައިވަނީ ބަޖެޓުގައި އަދަދެއް ޖެހިނަމަވެސް އެކަމަށް އެކަށީގެންވާ ފައިސާ ނެތި ކަމަށްވާތީ އެވެ. 

ބަޖެޓް 2024 - މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.8 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހިލޭ އެހީ އާއި އާމްދަނީއަކީ 33.5 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގަ އެވެ. ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނެ މިންވަރަކީ 6.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ބަޖެޓު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.