އަކްރަމް އެންމެ ފަހުން ފެނިފައިވަނީ މާޗް 23 ވަނަ ދުވަހުގެ 1:15 ހާއިރު އޭނަ މިހާރު ދިރިއުޅޭ ހުޅުމާލެ ހިޔާ ޓަވަރުންނެވެ.
ފުލުހުން ބުނީ މއ. ޕެރީހީލިއަން، އަކްރަމް އަދީލް ސައީދު (25އ) އާއިލާ އަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އިއްޔެ 7:22 ހާއިރު ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އަކްރަމް އެންމެ ފަހުން ފެނިފައިވަނީ މާޗް 23 ވަނަ ދުވަހުގެ 1:15 ހާއިރު އޭނަ މިހާރު ދިރިއުޅޭ ހުޅުމާލެ ފޭސް ދޭއް، އެޗް 15 އިން ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނާއި ހިއްސާ ކުރުމަށް އެދިފައެވެ.