ޗާއިނާގެ އިން ރާއްޖެއަށް ހަދިޔާކުރި 1500 ޓަނުގެ ބޯފެނުގެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވާ ކަމަަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ބަޔާނެއް ނެރެ އެ މިނިސްޓްރީން ބުނީ އެއީ ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަން ކުންފުނިން ހަދިޔާކުރި ފެން ކަމަށެވެ.
މިއީ އެ ކުންފުނީގެ ޗެއާމަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގައި ހަދިޔާ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވި ފެނުގެ ޝިޕްމަންޓެއް ކަމަށް ވެސް ބުންޏެވެ.
ބަޔާނެއް ނެރެ މިނިސްޓްރީން އެކަން ސާފުކޮށް ދިނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު -- މުލިއާގޭގައި ރައީސްގެ އާއިލާ އިން ބޭނުން ކުރަން އަގުބޮޑު ފެނެއް ބޭރުން އެތެރެކޮށްފައިވާ ކަމަށް ބުނެ ބަޔަކު ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަމުންދާތީ އެވެ. މި ފެން ބޭނުންކުރާނީ ފެނުގެ ދަތިކަން ދިމާވާ ހާލަތެއްގައި އެކު ރަށަކަށް ފޮނުވަން ކަމަށް މިނިސްޓްރީން ބުންޏެވެ.