އެމްޑީގެ ތުހުމަތު: ޕީސީބީ ވަނީ މިފްކޯ ދުވަހުގެ ހިންގުމުގެ ތެރެއަށް ވަދެފައި

މިފްކޯގެ އެމްޑީ ސަމާހު ވަނީ ޕީސީބީން އަމަލު ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭނާ ސަސްޕެންޑްކޮށް ޗެއާމަން ކުންފުނި ހިންގުމުގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މިފްކޯގެ ސީއީއޯ / އެމްޑީ އަހުމަދު ސަމާހު ރަޝީދު

ސަރުކާރު ކުންފުނިތައް ހިންގާ ގޮތް ބަލާ ސަރުކާރުގެ ބޮޑީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އިން މިފްކޯގެ ދުވަހުގެ މަސައްކަތުގެ ތެރެއަށް އަތް ބާނަމުންދާ ކަމަށް ސީއީއޯ / އެމްޑީ އަހުމަދު ސަމާހު ރަޝީދު ތުހުމަތު ކުރައްވައިފި އެވެ. 

ސަރުކާރު ކުންފުނިތައް ހިންގާ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ 14 ދުވަހަށް ޕީސީބީން ސަސްޕެންޝަނެއްގައި ހުންނެވި ސީއީއޯ ސަމާހު ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވިދާޅުވީ މިފްކޯގެ ދުވަހުން ދުވަހުގެ އޮޕަރޭޝަން ހިންގަންވާގޮތާއި، މަސައްކަތް ހިނގާ ނުހިނގާ ގޮތް ޕީސީބީން ބަލައްހައްޓަމުންދާ ކަމަށާ އެކަން ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވައިދުތަކާ އުސޫލުތަކާ ހިލާފަށް އަދި ޕީސީބީ އަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ބާރުތަކުގެ ބޭރުން ކަމަށެވެ.  

"ޕީސީބީން އަންނަނީ މިފްކޯގެ އެތެރޭގެ ހިންގުމަށް ނުފޫޒު ފޯރުވަމުން. އެގޮތުން ސަރުކާރުގެ އީމެއިލް މެނޭޖުމަންޓް ސިސްޓަމް ނުވަތަ ޕޯސްޓް މެދުވެރިކޮށް ކަމެއް އެންގުމުގެ ބަދަލުގައި، ޕީސީބީން ވަނީ މިފްކޯގެ ޗެއާމަނަށް ލިޔުމުން ކަންކުރަންވާގޮތް އަންގާފަ،" ސަމާހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ ކުންފުންޏެއްގެ ސީއީއޯއަކު މަގާމުން ސަސްޕެންޑް ކުރުމުން އެ ކުންފުންޏެއް ވަގުތީގޮތުން ހިންގުމާ ހަވާލުވާނެ ބޭފުޅަކު ހަމަޖައްސާނީ އެ ކުންފުންޏެއްގެ ބޯޑު ބައްދަލުވުމެއް ބޭއްވުމަށްފަހު ފާސްކޮށްގެން ކަމަށްވާއިރު، އޭނާ ސަސްޕެންޑު ކުރުމަށްފަހު މިފްކޯގެ ހިންގުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފު އާއި ހަވާލުކުރީ ސީދާ ޕީސީބީން ކަމަށެވެ. 

"އެކަން ބަޔާންކޮށް އަޅުގަނޑު ސަސްޕެންޑް ކުރި ސިޓީގައި ޕީސީބީން ވަނީ ހަނީފުއާ މިފްކޯގެ ހިންގުން ހަވާލުކުރީ ސީދާ އެބޯޑުންކަން، ބޯޑުގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި އަންގަވާފަ. ސީއެފްއޯއާ ކުންފުނީގެ ހިންގުން ހަވާލުކުރީ ޕަބްލިޝް ކުރެވިފައިވާ އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތި. މިއީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން މިފަދަ ނިންމުންތަކަކީ ކުންފުނީގެ ބޯޑަށް އެކަނި ލިބޭ އިހުތިޔާރެއްކަން ތަކުރާރުކޮށް ދަންނަވަން،" ސަމާހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިފްކޯ ހިންގަން ޕީސީބީން އޯވާސައިޓް ކޮމެޓީ އުފައްދާފައިވަނީ މިފްކޯގެ ސީނިއާ މެނޭޖުމެންޓުގެ ވަކި ބަޔަކު ހިމަނައިގެންއެ ކޮމެޓީގެ ޗެއާއަކީ ކުންފުނީގެ ޗެއާމަން ކަމަށެވެ. އެއީ ނޮން އެގްޒެކްޓިވް މަގާމެއް ކަމަށާ އެފަދަ ކޮމެޓީއެއްގައި ހިމަނަންޖެހޭ ބޭފުޅުންގެ ތެރެއިން ކުންފުނީގެ ބޯޑުގެ ޗެއާމަން ފިޔަވައި އެހެން ޑިރެކްޓަރުން ނުހިމެނުން
އެގޮތުން ކުންފުނީގެ ސެކެޓްރީ އާއި، އެޗްއާރު، އެޑްމިން، ޕްރޮޖެކްޓްސް، ސޭލްސްގެ އެއްވެސް ވެރިއަކު ނުހިމެނުމަކީ ވަކި ނަތީޖާއެއް ހާސިލްކުރުމަށް މި މައްސަލަ ބައްޓަންކޮށްފައިވާ ކަމުގެ ހެއްކެއް ކަމަށް ސަމާހު ވިދާޅުވި އެވެ. 

"ގަވައިދާ ހިލާފަށް ޗެއާމަން ކުންފުނީގެ ހިންގުމުގެ ތެރެއަށް ވަނުން. މާކެޓިން އަދި ސޭލްސް މުވައްޒަފުން ބައިވެރިވާންޖެހޭ ބާސެލޯނާގައި އޮތް ފެއާއަކަށް ގަވައިދާ ހިލާފަށް ޗެއާމަން ވަޑައިގަންނަވަން އުޅުއްވުން. އޯވާސައިޓް ކޮމެޓީގަ ޕީސީބީގެ ގައިޑްލައިނާ ހިލާފަށް އެޑްހޮކްކޮށް ވަކިބަޔަކު ކުއްލިގޮތަށް ނެގުން ޑިސިޕްލިން ކޮމެޓީ އިންޓަރިމް ކޮމެޓީގަ ކުންފުނީގެ ސެކެޓްރީއާއި ސޭލްސް ހެޑާއި އެޗްއާރު ހެޑާއި، ޕްރޮކިއުމަންޓް ހެޑް ނުހިމަނުމުގެ މަގްސަދާއި ނިޔަތާއި މެދު ސުވާލު އުފެދުން އެ ކޮމެޓީގައި ކުންފުނީގެ ޗެއާމަން ހިމެނޭއިރު، އޭނާއަކީ ކޮމެޓީގެ ވެސް ޗެއާ،" ސަމާހު ވިދާޅުވި އެވެ.

ޗެއާމަން މެމޯތަކުގަ ސޮއިކޮށް، އުސޫލު މުގުރަނީ

މި ކޮމެޓީގައި މިފްކޯގެ ސީއީއޯ ބިއުރޯގެ ސެކްރެޓޭރިއަޓް އިބްރާހިމް ސައީދު ވިދާޅުވީ އެ ކުންފުނީގެ އުސޫލު މުގުރާލުމަށްފަހު ކުންފުނީގެ ޗެއާމަން އިންޓާނަލް މެމޯތަކުގައި ސޮއިކޮށް، ދުވަހުން ދުވަހުގެ އޮޕަރޭޝަން ހިންގަންވާ ގޮތް މުވައްޒަފުންނަށް ބުނެދިނުން މިއީ ކުންފުންޏެއްގެ ޗެއާމަނަކު ދުވަހުން ދުވަހުގެ މަސައްކަތް ކުރެއްވުމާއި ސައިޓްތައް ބެލެހެއްޓުން ފަދަ ކަންކަމާ ދިވެހި ތާރީހުގައި ހަވާލުވި ފުރަތަމަ ފަހަރު ކަމަށެވެ.

މި ކޮމެޓީގައި މިފްކޯއިން ވަނީ ޕީސީބިން ސީއީއޯ ސަސްޕެންޑް ކުރި ގޮތާއި އެކަން ސީއީއޯ އަށް އެނގިގޮތް ކިޔައިދީފަ އެވެ. އެ ކުންފުނިން ބުނީ ޕީސީބީން އަޅުގަނޑުގެ ބިއުރޯއަށް ވަނީ އެއްވެސް އެންގުމެއް އުސޫލެއް ނެތި ހުދުމުހުތާރު އަދި އަނިޔާވެރި ގޮތަކަށް ކުރިން އެންގުމަކާ ނުލަ އެވެ.

"އެ ބޭފުޅުން ބިއުރޯގެ މީޓިން ރޫމަށް ވަދެ އެތަން ހިސާރުކުރި އެކަން އެނގުނީ ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެން އަޅުގަނޑު ގޮސް މީޓިން ރޫމަށް ވަނުމުން. ފުރަތަމަ ހީކުރީ ގޮތް ނޭނގޭ ބަޔަކު ހަތިޔާރު ހިފައިގެން ވަންނަ އުސޫލުން ވަދެގަތީކަމަށް.
އެމަންޒަރު ސިފަވަނީ ނޮވެމްބަރު 3 1988 ގައި ދިވެހިންގެ ބަޔަކު އަޑީގަ ތިބެގެން ތަމަޅައިންގެ ބަޔަކާ ގުޅިގެން މާލޭގައި ހިންގި އުދުވާނީ ހަމަލާގެ މަންޒަރަކާ އެތަނުން އަޅުގަނޑަށް ދިއްކޮށްލީ ސަސްޕެންޝަން ސިޓީ،" ސަމާހު ވިދާޅުވި އެވެ.

"އެއީ ސިޓީ ވެސް އެބޭފުޅުން ދެއްވި ގޮތް އެބޭފުޅުން އޮފީހަށް ވަނީ ކިހިނެއް ކަމެއް ނުވަތަ އެކްސެސް ހޯދީ ކޮން ފަރާތަކާ ގުޅިގެންކަމެއް އަޅުގަނޑަކަށް ނޭނގޭ ފަހުން އެނގުނުގޮތުގައި ރޭވުމެއްގެ ތެރެއިން ޕީސީބީގެ ތިން ބޭފުޅަކު ގޮވައިގެން ބިއުރޯއަށް ވަނީ ކުންފުނީގެ ސީއެފްއޯ. އަދި އަދަށް ދާން ވެސް އަޅުގަނޑަކަށް ނޭނގޭ އެއީ ކޮން ބޭފުޅުންނެއް ކަމެއް. ކަރުގައި އޮތް ފާސްވެސް ނުދައްކަވައި ފެއްޓެވީ ކުންފުނި ހިންގަން." 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.