ހައުސިން ކޮމެޓީން އަނީސާ އިސްތިއުފާ ދެއްވައިފި

ފަސް ބޭފުޅުން ހިމެނޭހެން އުފެއްދި އެ ކޮމެޓީގެ ޗެއާކަން ކުރައްވަނީ ވެސް އަނީސާ އެވެ. ކޮމެޓީ އުފެއްދިތާ މަސްދުވަސް ނުވަނީސް އަނީސާ އިސްތިއުފާ ދެއްވާފައި ވަނީ ސިއްހީ ސަބަބުތަކާ ގުޅިގެން ކޮމެޓީއަށް ދޭން ޖެހޭ ވަގުތު ނުދެވޭނެތީ އެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު: ހައުސިން ކޮމެޓީން ވަނީ އިސްތިއުފާ ދެއްވާފައި --

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް  އުފެއްދި ހައުސިން ކޮމެޓީން އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.

ފަސް ބޭފުޅުން ހިމެނޭހެން އުފެއްދި އެ ކޮމެޓީގެ ޗެއާކަން ކުރައްވަނީ ވެސް އަނީސާ އެވެ. ކޮމެޓީ އުފެއްދިތާ މަސްދުވަސް ނުވަނީސް އަނީސާ އިސްތިއުފާ ދެއްވާފައި ވަނީ ސިއްހީ ސަބަބުތަކާ ގުޅިގެން ކޮމެޓީއަށް ދޭން ޖެހޭ ވަގުތު ނުދެވޭނެތީ އެވެ.

ސަރުކާރުން މިފަދަ ކޮމެޓީއެއް އުފެއްދީ ކުރީ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގައި، ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމުންނެވެ.

ހައުސިން ކޮމެޓީގައި ދެން ތިއްބެވީ އާމިނަތު އީނާސް، އަހްމަދު އަލީ މަނިކާއި އަބްދުލްއަޒީޒް ޔޫސުފްގެ އިތުރުން މަރިޔަމް ފިޒާނާ ރަޝީދެވެ. ވައިސް ޗެއާކަން ކުރައްވަނީ އަޒީ އެވެ.

މ. އަތޮޅު މެންބަރު ކަމާއި މަޖިލީސް ނާއިބު ރައީސް ކަމާއި ހާއްސަ މަޖިލީހުގެ މެންބަރު ކަން ވެސް ކުރެއްވި އަނީސާ ވަނީ ގައުމީ އިނާމާބެހޭ ކޮމިޓީން ވެސް މިދިޔަ މަހު އިސްތިއުފާ ދެއްވާފަ އެވެ. އަނީސާ އެ ކޮމިޓީއަށް އައްޔަނުކުރެއްވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ޖެނުވަރީ މަހު އެކަމަނާ ވަނީ އެ ކޮމިޓީގެ ޗެއާޕާސަނަށް އައްޔަންކުރައްވާފަ އެވެ. އެ ކޮމެޓީން ވެސް އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ގުޅިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.