ޔާމީން ދޫކޮށް އައްބާސް ސަރުކާރުގެ ސިޔާސީ މަގާމަކަށް

އެނގިފައިވާ ގޮތުގައި އައްބާސް މިހާރު ވަނީ ވަޒީފާއަށް ނުކުންނަވަން ފައްޓަވާފަ އެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މެލޭޝިއާ އެމްބަސީގައި މަސައްކަތް ކުރައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އައްބާސް އާދިލް ރިޒާ: އޭނާ ވަނީ ރައީސް ޔާމީން ދޫކުރައްވާ ސަރުކާރު ފަޅިއަށް ގޮސްފައި --

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަޅީގައި ހުންނެވި އައްބާސް އާދިލް ރިޒާ، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް އައްޔަނުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އައްބާސް މިހާރު ވަނީ ވަޒީފާއަށް ނުކުންނަވަން ފައްޓަވާފަ އެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މެލޭޝިއާ އެމްބަސީގައި މަސައްކަތް ކުރައްވާފަ އެވެ.

އައްބާސް އަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނާ ދެކޮޅަށް ރައީސް ޔާމީނާއެކު ޕީޕީއެމް ތެރެއިން ނުކުތް މަދު ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭރު ޕީޕީއެމްގެ ލީޑާޝިޕް އެއްކޮށް ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގެންނެވުމާއެކު ޕީޕީއެމްގެ ހިންގުމާ ވެސް އައްބާސް ހަވާލުވެވަޑައިގަތެވެ.

ޕީޕީއެމް ދެބައިވެ، އެދުވަސްވަރު ރައީސް ޔާމީންގެ ފަޅިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އައްބާސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ޕީޕީއެމްގެ ސްޕޯކްސްޕާސަނަކީ ވެސް އެއީ ކަމަށް އިއުލާނު ކުރެއްވި އެވެ. 

އައްބާސަށް ސަރުކާރުން ސިޔާސީ މަގާމެއް ހަމަޖައްސާފައިވާއިރު، މާލޭގެ އެކިތަންތަނާއި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވި ލަސްވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކޯޓަށް "ފިލައިގެން" އުޅުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.