ހަމަލާ ހުއްޓާލުމުގެ ގަރާރު ވަގުތުން ތަންފީޒު ކުރަން ރައީސް ގޮވާލައްވައިފި

"ރޭ ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް އަޅުގަނޑުމެން ބާރުއަޅަން. އަދި އެ ގަރާރަށް ފުރިހަމައަށް ތަބާވުމަށް އިޒްރޭލަށް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކުރި ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ފާސްކުރުމަކީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. ގަރާރު ފުރިހަމައަށް ތަންފީޒުކޮށް، އެ ގަރާރަށް އިޒްރޭލުން ފުރިހަމައަށް ތަބާވާން ރައީސް ވަނީ ގޮވާލައްވާފަ އެވެ.

"ރޭ ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް އަޅުގަނޑުމެން ބާރުއަޅަން. އަދި އެ ގަރާރަށް ފުރިހަމައަށް ތަބާވުމަށް އިޒްރޭލަށް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.

މިހިނގާ ބަރަކާތްތެރި ރޯދަ މަހުގައި ގާޒާގެ ރައްޔިތުންނަށް ވަގުތީ ހަމަޖެހުމެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހަނގުރާމަ ދާއިމަށް ހުއްޓާލުމަށާއި އަދި ނަސްލެއް ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ނިމުމަކަށް ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައުތަކުން އެކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އިތުރު ގޮތަކަށް ބުނާނަމަ، މުޅި ދުނިޔެއިން ވެސް ފަލަސްތީނުގެ ރައްޔިތުންނަށްޓަކާ މިއަށްވުރެ ގިނަ ކަންކަން ކޮށްދޭން ޖެހޭ،"

ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އދ. ގެ ސަލާމަތީ މަޖިލީހުން އެ ގަރާރު ފާސްކުރީ 15 ގައުމަކުން ވޯޓް ދީގެންނެވެ. ވޯޓުގައި އެމެރިކާ ބައިވެރިވެފައެއް ނުވެ އެވެ. މީގެ ކުރިން ވެސް މިފަދަ ގަރާރުރައް އެ މަޖިލީހަށް ހުށަހަޅަ އެވެ. ނަމަވެސް އެމެރިކާއިން ވީޓޯ ކުރުމުން ފާސްވާ ގޮތެއް ނުވެ އެވެ.

އެމެރިކާ އިން ވީޓޯގެ ބާރު ބޭނުން ނުކުރުމުން އިޒްރޭލުން ވަނީ ވަގުތުން ނުރުހުން ފާޅުކޮށްފައެވެ. އަދި އެ ގައުމަށް ފޮނުވަން ހަމަޖެހިފައިވާ އިޒްރޭލްގެ ވަފުދު ނުފޮނުވަން ނިންމި ކަން އިއުލާނު ކޮށްފައިވެ އެވެ.

ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި، ހައްދު ފަހަނަ އަޅާފައިވާ އިޒްރޭލުގެ ސިފައިން ދެމުން ގެންދާ ހަމަލާތަކާއި ވަޒަނުގެ ދިފާއުގައި ޖިހާދު ކުރާ މުޖާހިދުން ހިމެނޭ ހަމާސް ޖަމާއަތުގެ ހަމަލާތައް ހުއްޓާލަން ވަނީ ގޮވާލާފަ އެވެ. އަދި ހަމާސްގެ އަތްދަށުވި އިޒްރޭލްގެ މީހުން ވަގުތުން / އެއްވެސް ޝަރުތެއް ނެތި މިނިވަން ކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ކުށެއްނެތް 32،000 ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލި މައްސަލާގައި އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަށް އިޒްރޭލުން ދޭން ޖެހޭ ބަދަލެއް ނެތެވެ. އިޒްރޭލްގެ ޓެރަރިސްޓް ސިފައިންގެ ހަމަލާތަކުގައި ގިނައިން ޝަހީދުވީ ކުށެއް ނެތް ކުޑަކުދީންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.