ބީއެމްއެލް ޗެއާމަނަކަށް ޒަރީރު

ބީއެމްލެގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރި ޒަރީރަކީ މީރާ އާއި މާލީ އެކި ދާއިރާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު

 ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު އައްޔަނު ކޮށްފި އެވެ.

ބީއެމްއެލް އިން މިރޭ ބޭއްވި ހާއްސަ ގޮތުން ކުރި އާއްމު ޖަލްސާ ގައި ޗެއާޕާސަންގެ މަގާމަށް ޒަރީރު އައްޔަން ކުރުމުގެ އިތުރުން ބޯޑު ޑިރެކްޓަރުގެ މަގާމަށް އަލީ ފާރިސް މުހައްމަދު ވެސް ވަނީ އައްޔަންކޮށްފަ އެވެ.

ބީއެމްލެގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރި ޒަރީރަކީ މީރާއާއި މާލީ އެކި ދާއިރާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. 

ބޭންކުގެ ޗެއާޕާސަންގެ މަގާމުގައި މިހާތަނަށް ހުންނެވީ ފަރީހާ ޝަރީފް އެވެ. 

ބީއެމްއެލްގެ މިހާރުގެ ބޯޑް

  •  ކާލް ސްޓުމްކަ - ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރު
  •  އާއިޝަތު ނޫރައްދީން މ. ތާނގީދޮށުގެ
  •  ހަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
  •  ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
  •  އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  •  އާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
  •  އަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
  •  އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
  •  އަހްމަދު މުހައްމަދު، ގ. އުފާ
  •  އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ

ބީއެމްއެލްގެ ބޯޑަށް ބަދަލު އައިސްފައިވަނީ ކުރިން ތިއްބެވި މެންބަރުން މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ވަކިކުރުމަށް ފަހު އެ މަގާމު އަލުން ދީފައި ވަނިކޮށެވެ. ސަރުކާރުން ވަނީ ބޯޑުގައި ތިއްބެވި ބައެއް މެންބަރުން ވަކި ކުރުމަށް ފަހު އަލުން ބޯޑު ކުރިން އޮތް ގޮތަށް އެކުލަވާލާފަ އެވެ. އަދި މިހާރު ބޯޑު ބަދަލުވެފައި ވަނީ ހާއްސަ ގޮތުން ކުރި އާއްމު ޖަލްސާއަށް ފަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.