އިންޓްރަސްޓް ކުޑަ ގެދޮރު ލޯނު ސްކީމް ވަރަށް އަވަހަށް ހުޅުވާލަނީ

ރައީސް ވިދާޅުވި ގޮތުގައި ތިން ބާވަތެއްގެ ލޯނު ސްކީމް ތައާރަފު ކުރައްވާނެ އެވެ. ފުރަތަމަ ހުޅުވާލާނީ އަމިއްލަ ގޯތީގައި އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތް މީހުންނަށް ހާއްސަ ލޯނެވެ.

ރައީސް މުއިއްޒު ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ

އަމިއްލަ ގޯތީގައި އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތް މީހުންނަށް އަތްފޯރާ ފަށުގައި ލުއި ލޯނުގެ ފުރުސަތު ތަނަވަސްކޮށް ދޭން ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން މިރޭ ދެއްކެވި ވާހަކަފުޅު ގައި ރައީސް ވިދާޅުވީ ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށް ވުރެ ކުޑަ ލޯނު ސްކީމްތަކެއް ތައާރަފު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އެއީ އަމިއްލަ ގޯތީގައި އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތް މީހުންނަށް އަތްފޯރާ ފަށުގައި ލުއި ލޯނުތަކެއް ލިބޭނެ މަގު ތަނަަވަސް ކޮށް ދެއްވުމަށް ވެވަޑައިގެންނެވި ވައުދެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ލޯނަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

އެކަމާ ގުޅޭ ފަންނީ / ޓެކްނިކަލް މަސައްކަތްތައް ހުރީ ނިމުމާ ގާތުގައި ކަމަށް ވިދާޅުވި އެވެ.

"އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށްޓަކައި އަތްފޯރާފަށުގެ ލޯނު ސްކީމް ހުޅުވާލާ އޭގެ ދަށުން ލޯނު ހޯދަން [ފުރުސަތު ހުޅުވާލާނެ]. އަދި މި ލޯނުތަކަކީ ކޮންވެންޝަނަލް ލޯން އަދި އިސްލާމިކް ފައިނޭންޝިއަލް ލޯނު، ދެ ވައްތަރުގެ އޮޕްޝަންސް ހުންނާނެ. އެހެންވީމަ މި ލޯނުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ،"

މީގެ އިތުރުން ގެދޮރު އަޅަން ފަށާ ފައިސާ ނެތިގެން މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް މީހުންނަށް ހޯމް ކޮމްޕްލީޝަން ލޯނު ސްކީމަކާއި ލޯނު ސްކީމްތަކުން މަރާމާތު ކުރަން ޖެހިފައިވާ ގޯތިތަކަށް ހާއްސަ ލޯނު ސްކީމެއް ވެސް ތައާރަފު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމާ ގުޅޭ މަސައްކަތްތައް ވެސް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ހުޅުވާލާނީ އަމިއްލަ ގޯތީގައި އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތް މީހުންނަށް ހާއްސަ ލޯން ސްކީމް ކަމަށާ ނަމަވެސް މި އަހަރުތެރޭ އަނެއް ދެ ސްކީމުން ވެސް ލޯނަށް އެދުމުގެ ފުުރުސަތު ތަނަވަސްކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ހަމަ އެކަނި މާލެ ސިޓީއަކަށް ނޫން. ހަމަ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.