މަޖިލީސް އިންތިހާބު؛ ފައިނަލް ލިސްޓް ނެރެފި، 284663 މީހުންނަށް ވޯޓް ލެވޭ

މަޖިލީސް އިންތިހާބު ކުރީން އޮތީ މާޗް މަހުގެ 17 ވަނަ ދުވަހު ބާއްވާށެވެ. ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ބަދަލު ގެނެސް ރޯދަ މަސްތެރޭ އިންތިހާބު ބޭއްވުން މަނާ ކުރުމުން އަންނަ މަހަށް އިންތިހާބު ފަސްކުރަން ޖެހުނީ އެވެ.

އިންތިހާބެއް ގައި މީހަކު ވޯޓު ލަނީ: ފައިލް ލިސްޓް މިއަދު ވަނީ ނެރެފައި

ރައްޔިތުންގެ މަޖިލީސް އިންތިހާބު 2024 ގައި ވޯޓްލެވޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިހާރު ގެޒެޓްކޮށްފައިވާ ކަމަށެވެ.

ގެޒެޓްގެ އިތުރުން ކޮމިޝަންގެ ވެބްސައިޓް ގައި ވެސް ލިސްޓް ވަނީ އާންމުކޮށްފައެވެ. 

  •  އިންތިހާބުގައި 284663 މީހުންނަށް ވޯޓް ލެވޭ
  •  އެއީ 139361 އަންހެނުން
  •  އަދި 145,302 ފިރިހެނުން

މަޖިލީސް އިންތިހާބު ކުރީން އޮތީ މާޗް މަހުގެ 17 ވަނަ ދުވަހު ބާއްވާށެވެ. ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ބަދަލު ގެނެސް ރޯދަ މަސްތެރޭ އިންތިހާބު ބޭއްވުން މަނާ ކުރުމުން އަންނަ މަހަށް އިންތިހާބު ފަސްކުރަން ޖެހުނީ އެވެ.

ފަހުން ކަނޑައެޅީ އޭޕްރީލް 21 ގައި އިންތިހާބު ބާއްވާށެވެ. އެއާއެކު ކުރީން އޮތް ލިސްޓަށް ވަނީ ބަދަލު އައިސް ފައެވެ. މަހަކާއި ދުވަސްކޮޅެއް ފަހަތަށް އިންތިހާބު ފަސް ކުރުމުން އިތުރު 561 މީހަކަށް ވޯޓް ލުމުގެ ހައްގު ވަނީ ލިބިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.