ފަލަސްތީނުގެ 32،000 މީހުން ޝަހީދުކޮށްލި ފަހުން ހަމަލާތައް ހުއްޓާލަން ގަރާރެއް ފާސްކޮށްފި

އެމެރިކާ އިން ވީޓޯގެ ބާރު ބޭނުން ނުކުރުމުން އިޒްރޭލުން ވަނީ ވަގުތުން ނުރުހުން ފާޅުކޮށްފައެވެ. އަދި އެ ގައުމަށް ފޮނުވަން ހަމަޖެހިފައިވާ އިޒްރޭލްގެ ވަފުދު ނުފޮނުވަން ނިންމި ކަން އިއުލާނު ކޮށްފައިވެ އެވެ.

އދ ގެ އާންމު މަޖިލީހު ގައި އިނގިރޭސިވިލާާތުން ވޯޓް ދެނީ

ފަލަސްތީނުގެ ޣައްޒާއަށް ހައްދުފަހަނައަޅާފައިވާ އިޒްރޭލްގެ ޔަހޫދީ ސިފައިން ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ. 

މިފަދަ ގަރާރެއް ސަލާމަތީ މަޖިލީހުން ފާސް ކުރެވޭތޯ ގައުމުތަކުން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް ހަރުކަށި އިޒްރޭލް ހުއްޓުވަން ކޮންމެ ފަހަރަކު ވެސް އެމެރިކާ އިސްވެ ހުރަސް އަޅަ އެވެ. އެކަމަކު މި ފަހަރު ގަރާރު ފާސް ކުރަން އެމެރިކާ އިން ވީޓޯގެ ބާރެއް ބޭނުމެއް ނުކުރި އެވެ. އެހެން ކަމުން ވޯޓްގައި ބައިވެެރިނުވެ ތިބީ އެވެ.

އެމެރިކާ އިން ވީޓޯގެ ބާރު ބޭނުން ނުކުރުމުން އިޒްރޭލުން ވަނީ ވަގުތުން ނުރުހުން ފާޅުކޮށްފައެވެ. އަދި އެ ގައުމަށް ފޮނުވަން ހަމަޖެހިފައިވާ އިޒްރޭލްގެ ވަފުދު ނުފޮނުވަން ނިންމި ކަން އިއުލާނު ކޮށްފައިވެ އެވެ. 

ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު ގައި ހައްދު ފަހަނައަޅާފައިވާ އިޒްރޭލުގެ ސިފައިން ދެމުން ގެންދާ ހަމަލާތަކާއި ވަޒަނުގެ ދިފާއުގައި ޖިހާދު ކުރާ މުޖާހިދުން ހިމެނޭ ހަމާސް ޖަމާއަތުގެ ހަމަލާތައް ހުއްޓާލަން ވަނީ ގޮވާލާފައެވެ. އަދި ހަމާސްގެ އަތްދަށުވި އިޒްރޭލްގެ މީހުން ވަގުތުން / އެއްވެސް ޝަރުތެއް ނެތި މިނިވަން ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ނަމަވެސް ކުށެއްނެތް 32،000 ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލި މައްސަލާ ގައި އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަށް އިޒްރޭލުން ދޭން ޖެހޭ ބަދަލެއް ނެތެވެ. އިޒްރޭލްގެ ޓެރަރިސްޓް ސިފައިންގެ ހަމަލާތަކުގައި ގިނައިން ޝަހީދުވީ ކުށެއް ނެތް ކުޑަކުދީންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.