އުމްރާގެ އަޅުކަމަށް 600 އަށްވުރެ ގިނަ މީހުން ފުރައިފި

އުމްރާއަށް ފުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް އެމްއޭސީއެލް އިން ވަނީ މި އަހަރުވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ވީއައިއޭގައި އުމްރާއަށް މިއަދު ފުރަން ގޮސް ތިބި ބަޔަކު -- އެމްއޭސީއެލް

އުމްރާގެ އަޅުކަން އަދާކުރަން ސައޫދީ އަރަބިއަށް މިއަދު 600 އަށްވުރެ ގިނަ އުމްރާވެރިން ފުރައިފި އެވެ.


ވެލާނާ އިންޓަނޭޝަނަލް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި އުމްރާގެ އަޅުކަން އަދާކުރަން މިއަދު ވަނީ ގިނަ ބަޔަކު ސައޫދީ އަރަބިއްޔާއަށް ފުރާފަ އެވެ. އުމްރާވެރިންނަށް ފަސޭހައިން ކަންކަން ހަމަޖައްސަން އެމްއޭސީއެލްއިން ވަނީ ވީއައިއޭގައި ގިނަ އިންތިޒާމުތަކެއް ކޮށްފަ އެވެ.

ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ އުމްރާއަށް ފުރާ މީހުން އައުމުގެ ކުރިން ލަޖެކް ގެންގޮސް ޗެކިން ކުރުމުގެ ހިދުމަތުގެ އިތުރުން އުމްރާއަށް ފުރާ މީހުންނަށް ވީއައިއޭގައި ހާއްސަ ކިއުއެއް ވެސް ހަދާފައިވާނެ ކަމަށެވެ.

ވީއައިއޭގައި އުމްރާއަށް މިއަދު ފުރަން ގޮސް ތިބި ބަޔަކު -- އެމްއޭސީއެލް

"ވީއައިއޭ އަށް މި ދުވަސްވަރު ވަރަށް ބާރުބޮޑު. އެހެންވެ ހުރިހާ ފަސިންޖަރުންނަށް ވެސް ޖާގަ އޮތް މިންވަރަކުން އެންމެ ފުރިހަމަ ހިދުމަތްދޭން މިދަނީ މަސައްކަތް ކުރަމުން. އެއާޕޯޓަށް ދިޔަ އާއިލާގެ ފަރާތްތަކަށް ބައްދަލު ކުރުމުގެ ހާއްސަ އިންތިޒާމު ތަކެއް ވެސް ވާނީ ހަމަޖައްސާފަ،" ޝަމްއާން ވިދާޅުވި އެވެ.  

ދަތުރުކުރާ ފްލައިޓްތައް - ވީއައިއޭއިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ ސައުދީއެއާއިންނެވެ. މި އެއާލައިނުން 131 މީހަކު ވަނީ ފުރާފަ އެވެ. 

ފުރި އަދަދާއި ގެންދިޔަ ޖަމާއަތްތައް

  •  ހައްޖު ކޯޕަރޭޝަން - 131
  •  ތަވައްކަލްތު - 104
  •  އަލިއިން - 101
  •  ސަފާ - 100
  •  ނިމްސާ - 78
  •  އަރަފާތު - 30
  •  މުސާފިރީން - 35
  •  ދަރުމަ - 29

އުމްރާއަށްދާ ދިވެހިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް މި އަހަރުވެސް ކޮށްފަ އެވެ. މިކަން ހަމަޖައްސަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.