ކޯސްޓް ގާޑް ފިއުޝަން ސެންޓަރު މިއަހަރު ގާއިމް ކުރަނީ

އެކަން ހަރުދަނާކޮށް، ކަމާގުޅުންހުރި އިދާރާތަކާ ވަގުތުން ގުޅާލެވޭ ގޮތަށް ފިއުޝަން ސެންޓަރު މިއަހަރު ގާއިމް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކޯސްޓްގާޑް: ފިރުޝަން ސެންޓަރެއް މިއަހަރު ގާއިމް ކުރަން ވަނީ ނިންމާފައި --

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަންކަން ވަގުތުން ވަގުތަށް ދެނެގަތުމަށް ކޯސްޓްގާޑް ފިއުޝަން ސެންޓަރު -- ކޯސްޓްގާޑް މެރިޓައިމް ފިއުޝަން ސެންޓަރު -- ގާއިމްކޮށް މިއަހަރު ހިދުމަތް ދޭން ފަށޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ކަނޑު މަތީގައި ހިނގާ އެކިއެކި ހާދިސާތަކާއި އަދި ޑްރަގް ޓްރެފިކިން ފަދަ ކުށްތައް ކަނޑުމަތީގައި ކުރުން ހުއްޓުވުމަށް ވަގުތުން ވަގުތައް އެލާޓްވާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވަނީ ވިދާޅުވެފަ އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މަޖިލީހަށް ހާޒިރުވެވަޑައިގެން މިނިސްޓަރު ވިދާޅުވީ ޑްރެފިކް ޓްރެފިކިން ފަދަ ކަންކަން ހުއްޓުވުމާއި ހާއްސަ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ކޯސްޓްގާޑުގެ ޒިންމާއެއް ކަމަށެވެ. އެކަން ހަރުދަނާކޮށް، ކަމާގުޅުންހުރި އިދާރާތަކާ ވަގުތުން ގުޅާލެވޭ ގޮތަށް ފިއުޝަން ސެންޓަރު މިއަހަރު ގާއިމް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އޭގެ މާނައަކީ ވަގުތުން ވަގުތަށް ތި ހާމަކުރެއްވި މަސްދަރުތަކުން، މާނައަކީ ޔޫއޭވީ ބޭނުންކޮށްގެން ވިޔަސް އަދި އަޅުގަނޑުމެންގެ ރޭޑާ ސިސްޓަމްތައް ބޭނުންކޮށްގެން ވިޔަސް އަދި އެނޫން ވަސީލަތްތަކުން ވެސް ލިބޭ މައުލޫމާތު ރިއަލް ޓައިމްކޮށް، ވަގުތުން ވަގުތަށް ދިވެހި ފުލުހުންނާ އިމިގްރޭޝަނާ ކަސްޓަމްސްއާ ވެސް ހިއްސާކުރެވިގެން ދާނެ އޭރުން،" ޣައްސާން ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވަނީ ދިވެހި ކަނޑުގެ ސަރަހައްދު ވައިގެ މަގުން ބަލަހައްޓަން އެއާ ކޯގެ ހިދުމަތް ވެސް ތައާތަފްކޮށްފަ އެވެ. އެކަމަށް ތިން ޑްރޯން ވެސް ވަނީ ގަނެފަ އެވެ. އެ ހިދުމަތާ ވެސް އެކީގައި ކަނޑުމަގުން ކުރާ ކުށްތައް ހުއްޓުވަން ފަސޭހަވެގެން ދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.