މެލޭޝިއަން އެއާލައިންސްއާއެކު ރާއްޖެ އިސްތިހާރު ކުރަން ސޮޔެއް

މެލޭޝިއަން އެއާލައިންސްއަކީ މެންޗެސްޓާ ޔުނައިޓެޑްގެ އޮފިޝަލް އެއާލައިން ޕާޓްނަރެވެ. މިއީ ސްޕޯޓް ޓޫރިޒަމަށް ލިބޭނެ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މެލޭޝިއަން އެއާލައިންސްއާއި އެމްއެމްޕީއާރުސީން އެމްއޯޔޫގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތު

މަޝްހޫރު ފުޓުބޯޅަ ކްލަބް މެންޗެސްޓާ ޔުނައިޑެޓްގެ އޮފިޝަލް އެއާލައިން ޕާޓްނަރު މެލޭޝިއާ އެއާލައިންސްއާއެކު ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން އެމްއެމްޕީއާރުސީ އިން ސޮއިކޮށްފި އެވެ. 

މެލޭޝިއަން އެއާލައިންސްއާއެކު ރާއްޖޭގެ ޓޫރިޒަމް ބޮޑީ އެމްއެމްޕީއާރުސީ ސޮއިކުރި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް އެވެ. 

ރާއްޖެ އިސްތިހާރު ކުރަން މެލޭޝިއަން އެއާލައިންސްއާއެކު ސޮއިކުރިކަން އިއުލާނު ކުރައްވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު ކުރެއްވި ޓުވީޓެއްގައި ބުނީ މެލޭޝިއަން އެއާލައިންސްއާއެކު ކުރި އެމްއޯޔޫއެއްގެ ދަށުން ރާއްޖެ އަށް ކަނެޝަން ދެކުނު އިރުމަތީ އޭޝިއާއިން އިތުރުކޮށް މާކެޓު ރަނގަޅު ކުރަން އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ. 

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް ވިދާޅުވީ މި އެއާލައިންއަކީ ދެކުނު އިތުމަތީ އޭޝިއާގެ މައި ކަނެކްޝަން އޮންނަ ކޭއެލްގައި ބޭސްވެ އޮތް އެއާލައިން ކަމަށްވުމުން މިއީ ރާއްޖެއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށްވާނެ އެވެ. 

"ކޭއެލް ކަނެކްޓް ލިބިގެންދާނެ ސައުތު އޭޝިއާގެ އިތުރުން ޔޫރަޕުގެ އެކި ގައުމުތަކަށްވެސް،" ބައްސާމް ވިދާޅުވި އެވެ. 

އެއާލައިން ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބައްސާމް ވިދާޅުވީ މެލޭޝިއަން އެއާލައިންސްއަކީ މެންޔޫގެ އޮފިޝަލް އެއާލައިން ޕާޓްނަރަށްވުމުން މިއީ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ފުޅާ ކުރަން ވެސް ލިބިގެންދާނެ ފުރުސަތެކެވެ. 

"ސްޕޯޓްސް ޓޫރިޒަމަށް ވެސް ކޮލެބްރޭޓެއް މާކެޓިން ފަށަން ވާހަކަ ދެކެވެމުން ދޭ. އެކަހަލަ ބައިވަރު ކަންކަން ވަރަށް އަވަހަށް ފެނިގެން ދާނެ،" ބައްސާމް ވިދާޅުވި އެވެ. 

މެލޭޝިއަން އެއާލައިންސްއާއެކު ރާއްޖެ އިސްތިހާރު ކުރަން ސޮއިކުރިއިރު މި އެއާލައިނުން ވަނީ ރާއްޖެ އަށް ދަތުރު ފަށަން ނިންމާފަ އެވެ. އަދި ޓިކެޓު ވެސް ވިއްކަން ފަށާފަ އެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅޭ މެލޭޝިއާއަށް ދަތުރު ކުރަން ދިވެހިންނަށްވެސް ފަސޭހަ ވެގެންދާނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.