ޓޫރިޒަމަށް 14 ޕަސެންޓުގެ ކުރިއެރުން، އިއްޔެ 8،000 އަށްވުރެ ގިނަ

އިއްޔެގެ ނިޔަލަށް 549,932 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތްކުރި 483,636 މީހުންނާ އަޅާބަލާނަމަ 14 ޕަސެންޓުގެ އިތުރުވުމެކެވެ.

ދެ ޓޫރިސްޓުން ވީއައިއޭގައި : ޓޫރިޒަމަށް ރަނގަޅު ކުރިއެރުމެއް ލިބޭ -- މިރާ

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާތަނަށް 14 ޕަސެންޓުގައި ހުރިއިރު އިއްޔެ އެކަނި 8،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އިއްޔެގެ ނިޔަލަށް 549,932 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތްކުރި 483,636 މީހުންނާ އަޅާބަލާނަމަ 14 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި އަދަދަށް ޓޫރިސްޓުން އައިސްފައިވާއިރު އިއްޔެއަކީ މިމަހުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި މަހެވެ. އިއްޔެ އެކަނި 8,462 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރި އެވެ. މި މަސް ފެށުނީއްސުރެން ފެށިގެން ޓޫރިޒަމްގެ ޑެއިލީ އެރައިވަލްސް ހުރީ 6،000 ގަ އެވެ. 

މިހާތަނަށް ޓޫރިސްޓުން ރާއްޖޭގައި މަޑުކޮށްފައިވަނީ 7.8 ރެއެވެ. މިއީ މިދިޔަ އަހަރަށްވުރެ ނިސްބަތުން ދަށް އަދަދެކެވެ. 

ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  •  ޗައިނާ - 63,140
  •  ރަޝިއާ - 57,157
  •  އިޓަލީ - 52,240
  •  ޔޫކޭ - 50,707
  •  ޖަރުމަނު - 35,761
  •  އިންޑިއާ - 32,767
  •  ފްރާންސް - 21,980
  •  ޔޫއެސްއޭ - 18,397
  •  ޕޮލެންޑް - 13,046
  •  ސުވިޒަލޭންޑް - 12,398

މި އަހަރުގެ މިހާތަނަށް ޗައިނާއިން 63,140 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ ރަޝިއާ އެވެ. އެ ގައުމުން 57,157 ޓޫރިސްޓުން އައިސްފައިވެ އެވެ. 

ޓޫރިޒަމް 2024 - މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.