20 ލާރި ހެޔޮކޮށް ރާއްޖޭގެ ބާޒާރުން މިހާރު ޑޮލަރު ލިބޭ: ސައީދު

ސައީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރުފިޔާގެ ކުރިމަތީގައި ޑޮލަރުގެ އަގު ދަށްކުރުން ކަމަށާއި އެކަން ކުރަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ކުރިއަށްވުރެ 20 ލާރި ހެޔޮކޮށް ރާއްޖޭގެ ބާޒާރުން މިހާރު ޑޮލަރު ލިބޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ކެމްޕޭނު އިވެންޓެއްގައި ރޭ މިނިސްޓަރު ސައީދު ވިދާޅުވީ ފައިސާ ޗާޕު ކުރުން ހުއްޓާލައި، ޑޮލަރުގެ ކުރީމަތީގައި ރުފިޔާ ބާރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށާއި ބާޒާރުން ކުރިއަށް ވުރެ 20 ލާރި ހެޔޮކޮށް މިހާރު ޑޮލަރު ގަންނަން ލިބޭނެ ކަމަށެވެ. އަދި އެއްބަސް ނުވި ނަމަވެސް އިގްތިސޯދީ ސިޔާސަތުގައި މިއަދު ޑޮލަރު ލިބެނީ ކުރިއަށް ވުރެ 20 ލާރި އަގުހެޔޮކޮށް ކަމަށާއި އެއީ ހަގީގަތް ކަމަށެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރުފިޔާގެ ކުރިމަތީގައި ޑޮލަރުގެ އަގު ދަށްކުރުން ކަމަށާއި އެކަން ކުރަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ވަޑައިގެންނެވީ ބޮޑު ދަންތުރައެއްގައި ރާއްޖެ ޖައްސާފައި ކަމަށެވެ. 

"އަނެއްކާ އަނެއް ފަސް އަހަރު މެޖޯރިޓީ ދިނީމާ މި ގައުމު ވެއްޓޭނީ ފަހަތަށްތޯ، މި ގައުމަށް ވާނީ ކިހިނެއްތޯ އިތުރަށް އަޅުވެތިތޯ ވާނީ، ކޮން މިސްރާބެއްތޯ ހަމަ މިކުރަނީ،" އެމްޑީޕީ އަށް ފާޑުކިޔަމުން ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.