އިންޓަކަނެކްޝަން ކޭބަލަށް ދަގަނޑު | ފުރާނައަށް ނުރައްކާ، ބޮޑު ގެއްލުމެއްގެ ބިރު

200 މެގަވޮޓްއާ ހަމައަށް ކަރަންޓު ދެވޭ ކޭބަލަށް ގެއްލުން ވެއްޖެނަމަ ހަދަން ގިނަ ދުވަސްތަކެއް ނަގާނެ އެވެ. އަދި އެކަން ކުރާ މީހެއްގެ ފުރާއަށް ނުރައްކާވުމުގެ ބިރުވެސް އެބައޮތެވެ.

މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ އިންޓަކަނެކްޝަން ކޭބަލް

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ "އިންޓަކަނެކްޝަން" ވިއުގައި ގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑު ޖަހައި އިސްތިހާރު ބޯޑުތައް ބަހައްޓަމުންދާތީ އެކަން ނުކުރަން ކަރަންޓު ކުންފުނިން އެދެފި އެވެ. 

މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތްދޭ ކުންފުނި ސްޓެލްކޯ އިން ބުނީ އެ ކުންފުނިން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ގާއިމުކޮށްފައިވާ ގްރޭޓާމާލޭ އިންޓާކަނެކްޝަން ގްރިޑުގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަނގަޑު ފަދަ ތަކެތި ޖަހަމުންދާކަން ފާހަގަ ކުރެވިފައިވަ ކަމަށެވެ.

"ދައުލަތުން ހަރަދުކޮށް ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ މި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ގާބިލްކަން ލިބިފައިވާ ވިއުގައަކަށްވާ އިރު މިއީ މިވަގުތު ރާއްޖޭ ގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގަ. މާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނުން ނިކުންނަ މިވިއުގައި ގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސް ފަސްގަނޑު ސަރަހައްދުން ގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ހުޅުމާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނާ ހަމަ އަށް" އެ ކުންފުނިން ބުނެފައިވެ އެވެ. 

ސްޓެލްކޯ އިން ބުނީ މި ވަގުތު މާލެ އަށް ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއް ވެސް ހުޅުމާލެ އިން މާލެ އަށް މިވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު މި ވިއުގަ އަށް ގެއްލުންވެއްޖެ ނަމަ މަރާމާތު ކުރުމަށް ގިނަ ވަގުތު ތަކެއް ހޭދަވެ މިކަމަށް ބޮޑު ހޭދައެއް ކުވެސް ރަންޖެހޭނެ އެވެ. 

މިއީ އެނާޖައިޒް ކޮށްފައިވާ ވިއުގައަކަށް ވުމުން މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑު ފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ މިއީ އެ ދަނގަޑު ޖަހާ ފަރާތުގެ ފުރާނަ އަށް ވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމެކެވެ. މީގެ އިތުރުން މި ވިއުގަ އަށް ގެއްލުމެއް ލިބިއްޖެނަމަ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތައް ބުރޫއަރައި އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ.

އެ ކުންފުނިން ބުނީ މި ވިއުގައިގެ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ކުންފުނިން ހިއްސާކޮށްފައި ވާއިރު މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި މަގުކޮނެ އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ މިކަންކަމަށް އިތުރު ސަމާލުކަންދީ މިވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި ކަރަންޓުގެ ހިދުމަތައް ބުރޫ ނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުންގެންދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"މީގެ އިތުރުން، މި ދެންނެވި ވިއުގައިގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ދަންނަވަން. އަދި މިއާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމުގައި ދަންނަވަން،" ސްޓެލްކޯ އިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.