އެފްއޭއެމް ހިޔާނާތުގެ ތަހުގީގު އަވަސްކޮށް ދައުވާ ކުރަން ފޮނުވަނީ

"މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް މިއޮފީހަށް ހުށަހަޅުއްވައި ދެއްވުމަށް،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ ހުސެއިން ޝަމީމް: އެފްއޭއެމް ހިޔާނާތުގެ މައްސަލައިގެ ތަހުގީގު އަވަސް ކުރަން ފުލުހުންނާއެކު ވަނީ މަޝްވަރާކޮށްފައި --

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ -- ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޖަމާކުރި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު އަވަސް ކުރަން ފުލުހުންނާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު މަޝްވަރާކޮށްފި އެވެ.

އެފްއޭއެމްގެ 10،000 ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަމީލަށް ދައުވާ ކުރަން މިދިޔަ މަހުގެ އެއްވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ. މި މައްސަލައިގައި އިތުރު މީހުން ހިމެނޭއިރު، ފުލުހުން ދަނީ އަދިވެސް މައްސަލަ ތަހުގީގު ކުރަމުންނެވެ. 

ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފެށީ ޕީޖީ އޮފީހުން އަންގައިގެންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ އޮފީހުން މިއަދު މި މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޓަރުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. މިބައްދަލުވުމުގައި، އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތްތައް ނިންމާނެ ގޮތުގެ ޓައިމްލައިނާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި، މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

"މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް މިއޮފީހަށް ހުށަހަޅުއްވައި ދެއްވުމަށް،" ޕީޖީ އޮފީހުން ބުންޏެވެ.

ބައްސާމްގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. ހިޔާނާތުގެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީލޯންޑަރިންގެ ކުށް ސާބިތު ވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.