"އަމިއްލައަށް މެތަޑޯން ފަރުވާ ނަގާ މީހުން ޖަލަށް ނުގެންދާ ގޮތް ހަދައިދޭނަން"

ރައީސް ވިދާޅުވީ މެތަޑޯން ޓްރީޓްމެންޓް ނަގާ މީހުންނަށް އެ ޓްރީޓްމެންޓް ފުރިހަމަ ކުރެވޭނެ ގޮތެއް ގާނޫނީ ގޮތުން ހޯއްދަވަން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --

މަސްތުވާތަކެތިން ސަލާމަތް ވުމަށް އަމިއްލައަށް މެތަޑޯން ޓްރީޓްމެންޓް ނަގާ މީހުނަށް ކޯޓަކުން ކުރާ ހުކުމެއްގެ ސަބަބުން ޖަލަށް ނުވަތަ ރިހެބިލިޓޭޝަން ސެންޓަރަށް ދާން ނުޖެހޭ ގޮތް ހައްދައިވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުން ސިލްސިލާކޮށް ގެންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ފާޅުކުރި ކަންބޮޑުވުމަކީ، އަމިއްލައަށް މެތަޑޯން ޓްރީޓްމެންޓް ނަގަމުން ދަނިކޮށް ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން ރިހިބިލިޓޭޝަނަށް ހުކުމް ކުރުމާއެކު، އެމީހާ ވަޒީފާ ވެސް ދޫކޮށް ފަރުވާ ހޯދަން ނުވަތަ ޖަލަށް ދާން ޖެހުމެވެ.

ރައީސް ވިދާޅުވީ މެތަޑޯން ޓްރީޓްމެންޓް ނަގާ މީހުނަށް އެ ޓްރީޓްމެންޓް ފުރިހަމަ ކުރެވޭނެ ގޮތެއް ގާނޫނީ ގޮތުން ހޯއްދަވަން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"އާދެ އެގޮތަށް ހެދޭނެ. އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ތިކަމާ ގުޅޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ، ކަމާގުޅޭ ފަރާތްތަކާ އެކީގަ ވާހަކަ ދައްކާ ދަންނަވާނަން ތި ވިދާޅުވި ކަންތައް މިހާރަށްވުރެ ހަރުދަނާކޮށް، ޓްރީޓްމެންޓް އެއްކޮށް ކޮންޓިނިއުކޮށް ނިންމޭނެ ގޮތް ހަދައިދިނުމަށްޓަކާ، ހަމަޖައްސަން ޖެހޭ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ހަމަޖައްސަން،" ރައީސް ވިދާޅުވި އެވެ.

މެތަޑޯން ޓްރީޓްމެންޓަކީ މަސްތުވާތަކެތިން ސަލާމަތް ވުމަށް ބޭނުންކުރާ ބޭހެކެވެ. ޑޮކްޓަރުންގެ ލަފަޔާއެކު، ފަރުވާގެ ނިޒާމަކަށް ނުގޮސް ވެސް އެ ބޭސް ބޭނުން ކުރެވޭނެ އެވެ.

ރާއްޖޭގައި މަސްތިވާތަކެތިން ސަލާމަތްވާން ބޭނުންވާ ބޭނުންވާ ގިނަ ބަޔަކު ތިބީ ފަރުވާގެ ނިޒާމަށް ދިއުމަށް ޑްރަގް ކޯޓުން ހުކުމްކޮށްފަ އެވެ. މި ސަރުކާރު އައިއިރު 700 އަށްވުރެ ގިނަ މީހުންގެ ބެކްލޮގެއް އޮތެވެ. ސަރުކާރުން ވަނީ "އޮޕަރޭޝަން ފަނާރު" ގެ ނަމުގައި އެމީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.