އަވަށްޓެރިން ތިބީ އެހީވާން، ބޯހަރުކަން ދޫކޮށްލާ: ސޯލިހު

"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ އަވަށްޓެރިން އެހީތެރިވެދޭނެ. ބޯހަރުކަން ދޫކޮށްލާފަ މީހުންނާ ވާހަކަދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހުން އެބަތިބި. އެހެންނަމަވެސް ގޮތް ދޫކުރައްވާކަށް ނޫޅުއްވާ،"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އަވަށްޓެރިން އަދިވެސް ތިބީ ރާއްޖެއަށް އެހީވާން ކަމަށް ވަނީ ވިދާޅުވެފައި --

ރާއްޖެއަށް މިހާރު ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އަވަށްޓެރި ގައުމުތަކުން އެހީވާން ތިބީ ތައްޔާރަށް ކަމަށާއި ނަމަވެސް އެކަން ނުވެގެން އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ބޯހަރު" ކަމުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނު އިވެންޓްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ފާހަގަކުރެއްވީ ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރައްވަން ރައީސް އުޅުއްވާ ކަމުގެ ހަބަރު މީޑިއާއިން ތިލަވެފައިވާ ކަމެވެ. އެގޮތުން، އެންމެ ގާތް އަވަށްޓެރިޔާ ކަމަށްވާ އިންޑިއާއާ ވާހަކަ ދައްކައިގެން އެކަން ކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވެފައިވާކަން ފާހަގަކުރެއްވި އެވެ.

"ބައްލަވާ، މިއަދު ކުރިމަތިވެގެން މިއުޅޭ ދައްޗަކީ އިންޑިއާއިން ނަގާފަ އޮތް ލޯނުގެ މައްސަލައެއް ނޫނޭ. ދައުލަތުގެ ދަރަންޏާ ބެހޭގޮތުން ތިބޭފުޅުން ހިސާބު ބައްލަވާލީމާ އެނގިވަޑައިގަންނަވާނެ، ޗައިނާއިން ނަގާފަ ހުރި ދަރަނީގެ އަދަދަކީ 18 ބިލިއަން. ގައިމުވެސް މިވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޗައިނާއަކުން ނޯންނާނެ ދަރަންޏެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހު ޗައިނާއިން އިތުރަށް ފައިސާ ނަގާފައި ނުވާ ކަމަށެވެ. އިންޑިއާއިން ދަރަނީގެ ގޮތުގައި ނަގާފައި އޮންނާނީ އަށް ބިލިއަން ރުފިޔާ ކަމަށާއި، ގްރޭސް ޕީރިއެޑާއެކު އެ ފައިސާ ދައްކަން ޖެހޭނީ 25 އަހަރުން ކަމަށެވެ.

ނަމަވެސް، މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ އިންޑިއާގެ ދަރަނީގެ މައްސަލަ ނޫން ކަމަށާއި، އަދިވެސް އަރައިނުގަނެވިގެން އުޅެނީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއިން ނަގާފައި ހުރި ލޯނުތަކުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ އަވަށްޓެރިން އެހީތެރިވެދޭނެ. ބޯހަރުކަން ދޫކޮށްލާފަ މީހުންނާ ވާހަކަދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހުން އެބަތިބި. އެހެންނަމަވެސް ގޮތް ދޫކުރައްވާކަށް ނޫޅުއްވާ،" ރައީސް ސޯލިހު ސަރުކާރަށް ގޮވައިލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އެހީވާން ތިބޭނީ އަވަށްޓެރި ގައުމުތަކާއި މެދުެިރުމަތީގެ އިސްލާމީ ގައުމުތައް ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މެދުއިރުމަތިން ވެސް މިހާތަނަށް ލިބުނީ ހަމައެކަނި 50 ޓަނުގެ ކަދުރު ކަމަށް ސޯލިހު ސަމާސާ ރާގެއްގައި ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އެންމެ އުންމީދު ކުރެއްވީ އެންމެ ފުރަތަމަ އެހީވާނީ ސައުދީ އަރަބިއްޔާއިން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ބޭރުގެ އެކި ގައުމުތަކަށް ދައްކަން ޖެހޭ 120 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލަން ޖެހުނީ އެހެންވެ ކަމަށާއި، އިގްތިސޯދު ރަގަޅުވަމުންދާ ވަރަކަށް މަޝްރޫއުތައް ފައްޓަވައިދެއްވާނެ ކަމަށެވެ.

ކޮމެންޓް

1
450
މުނާ-ފގ
1 month ago

ތިމާ ނަގާ އެއްލާލި ޕާރޓީގެ ރައީސް އަމިއްލައަށް 18 ޖަނަވަރީ 2023 ވަނަ ދުވަހުގެ ރޭ ހަނިމާދޫގަ ބޭއްވި ޖަލްސާއެއްގަ އެތައް ހާސް ރައްޔިތުންނަަށް ފެންނަހެން ބުނީ 2.8 ބިލިޔަން ޑޮލަރު އިންޑިޔާއިން ލޯނެއްގޮތަށް ނެގި ވާހަކަ، އެއީ 43 ބިލިޔަން ރުފިޔާގެ ވާހަކަ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.