ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ރޭ މަރުވެފައި ވަނީ 27 އަހަރުގެ ހއ. ހޯރަފުށީ، ފްރެންޒީ، ހުސައިން ޝިފާއު އެވެ.

ސްޓެލްކޯގެ ޓްރާންސްފޯމަރެއް ފަޅާލާފައި: ރޭ ވަނީ ކަރަންޓުގައި ޖެހި މީހަކު މަރުވެފައި -- ފޮޓޯ: ސްޓެލްކޯ

ސަބްސްޓޭޝަނަކަށް ވަދެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ރޭ މަރުވެފައި ވަނީ 27 އަހަރުގެ ހއ. ހޯރަފުށީ، ފްރެންޒީ، ހުސައިން ޝިފާއު އެވެ.

މިހާދިސާ ހިނގާފައި ވަނީ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައިގެން ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ސްޓެލްކޯ އިން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވަނިކޮށެވެ.

މިކަން ފާހަގަވުމާއެކު، އެގޮތަށް ވައްކަން ކުރުމަކީ ބޮޑު ނުރައްކަލެއް ކަމުގެ އިންޒާރު ވެސް ސްޓެލްކޯ އިން ވަނީ ދީފަ އެވެ.

ހުޅުމާލެއިން ފަހަހަށް އައިސް އެކި ތަންތަނުން ކަރަންޓު ދަނީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާތީ އެވެ. ސްޓެލްކޯ އިން ބުނެފައި ވަނީ މިއީ ކަރަންޓުގެ އަސާސީ ހިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމަށެވެ.

"މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ އަދި ވަގަށް ނަގައިގެން ވިއްކާ މިފަދަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން،" ސްޓެލްކޯ އިން ދެ ދުވަސް ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.