ބީއޭއެމްގެ ރައީސް މޫސައާ ގުޅުންހުރި ތަންތަން ބަލާ ފާސް ކުރަނީ

ބީއޭއެމްގެ ރައީސް މޫސާ ނާޝިދާ ގުޅުން ހުރި ތަންތަން ބަލާ ފާސް ކުރަމުންދާ ކަމަށް އޭސީސީން ބުނިއިރު މިދިޔަ އަށެއްކަ އަހަރު އެ އެސޯސިއޭޝަންގެ ރައީސަކީ މޫސަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ އިވެންޓެއް ގައި މޫސާ އަދި ރައީސް ސޯލިހާއި ކުރީގެ ޔޫތު މިނިސްޓަރު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް މޫސާ ނާޝިދާ ގުޅުން ހުރި ތަންތަން ބަލާ ފާސް ކުރަން ފަށައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ޔަގީންކޮށް ދީފައެވެ. އޭސީސީން މީޑިއާތަކަށް ފޮނުވި މެސެޖެއް ގައި ބުނެފައި ވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން، ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ކޯޓއަޢަމުރުގެ ދަށުން ބަލާ ފާސްކުރަމުން ގެންދާ ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެ އެވެ.

އޭސީސީން މިދޔަ އަންގާރަ ދުވަހު ވަނީ ބީއޭއެމްއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުން ހުރި ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދުމަށް ކޮމިޝަނުގެ ތަހުގީގު ޓީމެއް އެ ދުވަހު އެ އެސޯސިއޭޝަނު ގައި ހަރަކާތްތެރިވި ކަމަށް ބުނެފަ އެވެ. އެ ދުވަހު ވެސް އިތުުރު ތަފްސީލެއް ނުދެ އެވެ.

ބީއޭއެމްގެ ރައީސް މޫސާ ނާޝިދާ ގުޅުން ހުރި ތަންތަން ބަލާ ފާސް ކުރަމުންދާ ކަމަށް އޭސީސީން ބުނިއިރު މިދިޔަ އަށެއްކަ އަހަރު އެ އެސޯސިއޭޝަންގެ ރައީސަކީ މޫސަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.