ތަނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މާރާމާރީ ހިންގާ ޒުވާނަކަށް ވަރަށް އަނިޔާކޮށްފި

އެތައް އިރެއް ވަންދެން އެ މީހާއަށް އެ ގުރޫޕުން ހަމަލާ ދީފައިވެ އެވެ. އެ މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފައެވެ.

މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް

އެތައް ބައެއްގެ ކުރިމަތީ މާރާމާރީ ހިންގާ ޒުވާނަކަށް ވަރަށް އަނިޔާކޮށްފި އެވެ.

މިރޭ އެ މާރާމާރީ ހިންގީ ރޯޝަނީ މަގުގައެވެ. ފަސް މީހެއްގެ ގުރޫޕަކުން ވަނީ އެހެން މީހަކަށް އަތުންނާއި ފައިން ހަމަލާދީ މާރާމާރީ ހިންގާފައެވެ.

އެތައް އިރެއް ވަންދެން އެ މީހާއަށް އެ ގުރޫޕުން ހަމަލާ ދީފައިވެ އެވެ. އެ މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފައެވެ.

ވީޑިއޯ އާންމުވުމުން އެ ވީޑިއޯ ހިއްސާކޮށްފައިވާ ޓްވީޓެއް ރި-ޓްވީޓް ކޮށް ފުލުހުންގެ މީޑިއާ އޮފިސަރު އަހްމަދު ޝިފާން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން މާރާމާރީ ހިންގި އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސްފައިވާ ކަމަށެވެ.

"ފުލުހުން ދަނީ އިތުރަށް މައްސަލަ ތަހްގީގު ކުރަމުން،"

މާރާމާރީ ހިންގަން މެދުވެރުވީ ސަބަބެއް ފުލުހުން ނުބުނެ އެވެ. އަދި މާރާމާރީ ގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ވެސް ނޭންގެ އެވެ.

އެނގިފައިވަނިކޮށް މާރާމާރީ ހިންގީ ތަނަކަށް ގެއްލުން ދިން ކަމަށް ތުހުމަތު ކޮށެވެ.

މިއީ މި ރޯދަ މަހު މާލެ ސިޓީގައި ހިނގި މިފަދަ ފުރަތަމަ މާރާމާރީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.