ސިއްހީ ސަބަބެއް މެދުވެރިވެ އިމާމުވެ ތަރީވީސް ކުރުން މެދުކަނޑާލައިފިން: ޝަހީމް

ޝަހީމް މިއަދު ވިދާޅުވީ ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލާނެ އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު --

ސިއްހީ ސަބަބެއް މެދުވެރިވެ އިމާމުވެ ތަރީވީސް ކުރުން މެދުކަނޑާލާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްް އަލީ ސައީދު މިއަދު އިއުލާނު ކުރައްވައިފި އެވެ.

ޝަހީމް، އިމާމުވެ ތަރީވީސް ނަމާދު ކުރައްވަނީ ހުޅުމާލޭ ގައި މިވަގުތު ހުރި އެންމެ ފުރިހަމަ މިސްކިތް -- މަސްޖިދު ރަޝީދު ގައެވެ. އެއީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބައްޕާޕުޅުގެ ހަނދާނުގައި އަޅުއްވާފައިވާ މިސްކިތެކެވެ.

ޝަހީމް މިއަދު ވިދާޅުވީ ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލާފައިވާ ކަމަށެވެ.

"އަވަސް ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން. ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދު ކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާ އެކު ކުރާކަމެއް. މާތް ﷲ ތައުފީގު ދެއްވާށި،" ޝަމީމް ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވި އެވެ.

ޝަހީމަކީ ވަރަށް ކީރިތިކޮށް ގުރުއާން ވިދާޅުވާ ބޭފުޅެކެވެ. ޝަހީމް އިމާމުގެ ތަރާވީސް ނަމާދު ކުރައްވާތީ މަސްޖިދު ރަޝީދަށް ވަރަށް ގިނަ ބަޔަކު ދެ އެވެ. މީގެ އިތުރުން ފަހު ދިހައެއްގެ ރޭތަކުގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ވެސް ކުރައްވަނީ ޝަހީމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.