ރާއްޖޭން ގެސްޓްހައުސް ވިޔަފާރިއަށް މުހިންމު މަޓާ ފެއާ ގައި

މެލޭޝިއާ މާކެޓަކީ ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމަށް އެންމެ މުހިންމު އެއް މާކެޓެވެ.

މަޓާ ފެއާގައި ބައިވެރިވި ދިވެހި ކުންފުނިތަކާއި އެމްއެމްޕީއާރުސީގެ ޓީމް

ގެސްޓްހައުސްތަކަށް މުހިންމު މާކެޓެއް ކަމަށްވާ މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

ކުއަލަ ލަމްޕޫރްގައި މި މަހުގެ 22-24 ގެ ނިޔަލަށް ކުރިއަށްދާ މަޓާ ފެއާގައި އެމްއެމްޕީއާރުސީ ހިމެނޭހެން ޓޫރިޒަމް ސިނާއަތުގެ 13 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ.

މި ފެއާގައި ޓޫރިޒަމް ދާއިރާގެ ތަފާތު ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދިނުމަށް ގިނަ ފުރުސަތު ތަކެއް ލިބިގެންދާނެ އެވެ.

ފެއާގައި ބައިވެރިވުމުގެ މަގްސަދަކީ އެމްއެމްޕީއާރުސީގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ރާއްޖޭގެ ބްރޭންޑް އަދި ޑެސްޓިނޭޝަން ޕްރެސެންސް އިތުރަށް ވަރުގަދަކުރުމާއ،ި މާކެޓުގެ މުހިންމު ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމެވެ. މީގެ އިތުރުން މާޓާގައި ބައިވެރިވުމަކީ މި މާކެޓުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެނ،ް ހަލާލު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަގުހުރި ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.

މަޓާ ފެއާގައި ބައިވެރިވި ދިވެހި ކުންފުންޏެއް

މި ފެއާގައި ދިވެހިރާއްޖޭގެ މުއްސަންދި ސަގާފަތާއި ތަރިކައަށް އަލިއަޅުވާލައި ދެކުނާ އިރުމަތީ އޭޝިއާގައި ދިވެހިރާއްޖެއަކީ އެންމެ އެދެވޭ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރާނެ އެވެ. 

އެގޮތުން ރާއްޖޭގެ އުފެއްދުންތަކުގެ ޑިސްޕްލޭތަކުން ރާއްޖޭގެ ކުޅަދާނަ ފަންނުވެރިކަން ފެނިގެންދެ އެވެ. އަދި ހަމައެހެންމެ ސްޓޭންޑްގައި ބާއްވާ ޕްރެޒެންޓޭޝަންގައި ރާއްޖޭގެ ތާރީހާއި ސަގާފަތް ކިޔައިދޭނެ އެވެ. މި ޕްރެޒެންޓޭޝަންގައި ބައިވެރިވާ ފަރާތްތަކަށް އަދާރަން ކްލަބް ރަންނަޅި އަދި އަދާރަން ސެލެކްޓް ހުދުރަންފުށި އިން ސްޕޮންސާ ކުރާ ރާއްޖޭގެ ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. 

މެލޭޝިއާ މާކެޓް - މެލޭޝިޔާ މާކެޓަކީ ރާއްޖެއަށް ގިނަ ފުރުސަތުތަކެއް އޮތް މާކެޓެކެވެ. 2023 ވަނަ އަހަރު 26 ވަނަ ޓޮޕް ސޯސް މާކެޓްގެ ގޮތުގައި ރޭންކް ކުރެވުނު މި މާކެޓުން 13,551 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެކުނުއިރުމަތީ އޭޝިއާއިން 3,063 ޓޫރިސްޓުން އައިސްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.