ސަބްސްޓޭޝަންތަކަށް ވަދެ ޓްރާންސްފޯމަރުތަކުގެ ބައިތައް ވަގަށް ނަގަނީ

"ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ދެންނެވި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން،"

ސަބްސްޓޭޝަންތަކަށް ވަދެ ޓްރާންސްފޯމަރުތަކުގެ ބައިތައް ވަގަށް ނަގާފައި

ސަބްސްޓޭޝަންތަކަށް ވަދެ ޓްރާންސްފޯމަރުތަކުގެ ބައިތައް ވަގަށް ނަގަމުންދާ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާތީ އެކަން ފުލުހަށް ހުށައަޅާފައިވާ ކަމަށް ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލާ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމަށެވެ.

އެ ކުންފުނިން ބުނީ ކަރަންޓް ކެނޑެން މެދުވެރިވީ އެ ސަބަބާއި ގުޅިގެން ކަމަށެވެ.

"ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ދެންނެވި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން،"

ސްޓެލްކޯ އިން ބުނީ މިއީ މިކަން ކުރާ މީހުންނަށް ވެސް ބޮޑު ނުރައްކަލެއް ކަމަަށެވެ. އަދި މިއީ ކަރަންޓުގެ އަސާސީ ހިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމަށް ވަނީ ބުނެފައެވެ.

"މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ އަދި ވަގަށް ނަގައިގެން ވިއްކާ މިފަދަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން،" ސްޓެލްކޯ ގެ މެސެޖު ގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.