ވިލިމާލޭގެ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ

"ވިލިމާލޭ ގައި އަޅުގަނޑު އިއުލާނު ކޮށްފައިވާނެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމަ އެ މަސައްކަތް އެބަ ހިނގާ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަނީ — ފައިލް ފޮޓޯ

ވިލިމާލޭގައި އިމާރާތް ކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ގައި ވިލިމާލޭގައި ދިރިއުޅޭ ޒުވާނަކު ވަނީ ވިލިމާލެ އިން ރަނގަޅު ސިއްހީ ހިދުމަތެއް ލިބޭނީ ކޮން އިރަކުންތޯ އަދި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތާ ގުޅޭގޮތުން ސުވާލުކޮށްފައެވެ،

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވިލިމާލޭގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަކީ އެމަނިކުފާނުގެ ވަރަށް އިސްކަން އޮތް ކަމެއް ކަމަށެވެ. އަދި އިތުބާރާ ޔަގީން ކަމާ އެކު ވިދާޅުވީ ހައްލު ނުވެ ދިގުލައިގެން ގޮސްފައި އޮތް މި މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.

"ވިލިމާލޭ ގައި އަޅުގަނޑު އިއުލާނު ކޮށްފައިވާނެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމަ އެ މަސައްކަތް އެބަ ހިނގާ،"

ރައީސް ވިދާޅުވީ އެއީ ޗައިނާގެ ހިލޭ އެހީގައި ހިންގާ މަޝްރޫއު އެއް ކަމަށެވެ. އެ މަޝްރޫއު ގައި މިހާރު ކުރިއަށް ދަނީ ޑިޒައިންއާ ޓެކްނިކަލް މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ. 

ހޮސްޕިޓަލް އެޅުމަށް ބިން ކަނޑަަައަޅާފައިވާ ކަަމަށާ ޑިޒައިންއާ އެހެނިހެން މަސައްކަތް ނިމި ހޮސްޕިޓަލް މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވިލިމާލޭ ގައި ހޮސްޕިޓަލެއް ހުރި ނަމަވެސް އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބުމަކީ އެ އަވަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.