ހުޅުދޫއާ ހުޅުމާލޭއާ އަލިފުށީގައި ތިން ފަރާތަކުން މިސްކިތް އަޅަނީ

ހުޅުދޫއާ އަލިފުށި އަދި ހުޅުމާލޭ ގައި އަމިއްލަ ފަރާތްތަކުން ހިލޭ އެހީ ގައި މިސްކިތް ބިނާ ކުރަން އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

ހުޅުދޫއާ އަލިފުށި އަދި ހުޅުމާލޭ ގައި އަމިއްލަ ފަރާތްތަކުން ހިލޭ އެހީ ގައި މިސްކިތް ބިނާ ކުރަން އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ އަބްދުއްރަހްމާން މޫސާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަަށެވެ.

މިއީ 570 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރާނީ އަބްދުއްރަހްމާން މޫސާގެ އަމިއްލަ ހަރަދުގަ އެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 ދުވަހެވެ.

އައްޑޫ ސިޓީ ހުޅޫދޫގައި މިސްކިތެއް ބިނާ ކުރަނީ މުހައްމަދު ސާލިހް އެވެ. ހުޅޫދޫ "މޫންލައިޓް" ކިޔާ ގޯތީގެ ހުރި ބިމުގައި އޭނާގެ އަމިއްލަ ހަރަދުގައި އިމާރާތް ކުރަނީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތްގެެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 ދުވަހެވެ.

ހުޅުމާލެ ހިޔާ އަވަށުގައި މިސްކިތެެއް ބިނާ ކުރަނީ މުހައްމަދު ޔޫސުފް އެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރާނީ އޭނާގެ އަމިއްލަ ހަރަދުގަ އެވެ.

ސަރުކާރުން ވަނީ އަމިއްލަ ހަރަދުގައި މިސްކިތް ބިނާ ކުރަން އެދޭ މީހުންނަށް އެ ފުރުސަތު ތަނަވަސްކޮށް ދޭން ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.