ގޯއްޗާ ފްލެޓްތައް "ފޭރިގަންނަން" އުޅޭ ކަމުގެ ބިރު އެބަ އޮތް: ޝާހިދު

ރައްޔިތުން މިހާރު ބުނަމުން ދަނީ މި ސަރުކާރަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލުކަން ކުޑަ، ރައްޔިތުން އެންމެ ރުޅިއަރާ، އެ ސަރުކާރަކާ ދޭތެރޭ އިތުބާރު ގެއްލިފައިވާ ސަރުކާރު ކަމަށް ޝާހިދު ވިދާޅުވި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު

ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް "ފޭރިގަންނަން" މި ސަރުކާރުން އުޅޭ ކަމުގެ ބިރުވެރިކަން ރައްޔިތުންގެ ހިތުގައި އިންތިހާއަށް އެބައޮތް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ )ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތެއްގައި ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މާލޭގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނާ އެކު ގެތަކަށް ދިޔުމުން މުޅިން ވެސް އިވެނީ އެ ޝަކުވާ ކަމަށެވެ. ގޯއްޗާއި ފްލެޓް ލިބިފައި އޮތީ ކޮންމެ ގޮތަކަށް ކޮންމެ ތަނަކުންކަ މަށް ވިޔަސް އަތުނުލައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ކެމްޕޭން ގައި ވައުދުވެވަޑައިގަތް ނަމަވެސް މިއަދު އެއީ ދޮގެއްކަން ރައްޔިތުންނަށް އެނގޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އަދި ރައީސް މުއިއްޒު މިހާރު ދުވެވަޑައިގަންނަވަނީ ރައްޔިތުންގެ ފަހަތުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން ކަމަށް ޝާހިދު ސިފަ ކުރެއްވިއެވެ. ގޯއްޗާއި ފްލެޓްތަކުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ބަދަލިވަމުންދާ އުސޫލުތަކަށް ވެސް ޝާހިދު ފާޑުވިދާޅުވި އެވެ. ޝާހިދު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ލިސްޓްތައް އޮޅުވާލައި، ރައީސް ބޭނުންފުޅުވާ ބަޔަކަށް އެކަނި ގޯއްޗާއި ފްލެޓް ދިނުމެވެ.

ގޯއްޗާއި ފްލެޓް ލިބޭނެކަން ކަށަވަރު ކުރުމަށް މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ޝާހިދު ގޮވާލެއްވި އެވެ.

ރައްޔިތުން މިހާރު ބުނަމުން ދަނީ މި ސަރުކާރަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލުކަން ކުޑަ، ރައްޔިތުން އެންމެ ރުޅިއަރާ، އެ ސަރުކާރަކާ ދޭތެރޭ އިތުބާރު ގެއްލިފައިވާ ސަރުކާރު ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭގެ ސަބަބަކީ ސަރުކާރުން ބޮޑެތި ދޮގުތަކެއް ހަދައިގެން ވެރި ކަމަށް އައުމުން ކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.