އަނަސްގެ މަރު: އިސްތިއުނާފު ދަނީ ތައްޔާރު ކުރަމުން، ވަރަށް އަވަހަށް ކޯޓަށް ވައްދާނެ

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލަ އިސްތިއުފާނު ކުރަން ނިންމާފައިވާ ކަމަށާ އިސްތިއުނާފު ދަނީ ތައްޔާރު ކުރަމުން ކަމަށެވެ. އަދި ވަރަށް އަވަހަށް ކޯޓަށް ހުށައަޅާނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް

މީގެ ހަތް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އަނަސް މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

މި މައްސަލައިގައި ޒަޔާން، އުސްމާން އަދި އަފްރާހުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ތިބި މީހުންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ. މި އެންމެން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ފެބްރުއަރީ 25 ވަނަ ދުވަހުގެ ރޭ ހުކުމް ކުރީ ދައުވާ ލިބޭ ހުރިހާ އެންމެންގެ ކުށެއް ނެތް ކަމަށެވެ. ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުންނެވެ. ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން މި މައްސަލައިގައި ހެކިބަސް ދީފައެއް ނުވެ އެވެ. ދެ ފަހަރު ދައުލަތަށް ފުރުސަތު ދިނުމުން ވެސް އެމީހުން ކޯޓަށް ހާޒިރުކުރެވިފައެއް ނުވެ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލަ އިސްތިއުފާނު ކުރަން ނިންމާފައިވާ ކަމަށާ އިސްތިއުނާފު ދަނީ ތައްޔާރު ކުރަމުން ކަމަށެވެ. އަދި ވަރަށް އަވަހަށް ކޯޓަށް ހުށައަޅާނެ ކަމަށެވެ.

މި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން އޮތީ ނިންމާފަ އެވެ. އަނަސް މަރާލިކަމުގެ ކުށުގައި އެކުއްޖާ 18 އަހަރަށް ޖަލަށް ލާން ހައިކޯޓުން 2022 ވަނަ އަހަރު ހުކުމް ކުރި އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އެކުއްޖާގެ މައްޗަށް އިއްވި ހުކުމް މިދިޔަ އަހަރު ވަނީ 10 އަހަރަށް ލުއިކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.