ރާއްޖޭން ޑިމޮކްރަސީއާ އިންސާފު ދަމަހައްޓާނެ: ޒަމީރު

މި ސަމިޓަކީ އެމެރިކާގެ އިސްނެގުމަކަށް 2021 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަމިޓެކެވެ. މިއީ ތިން ވަނަ ސަމިޓެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ދިވެހިރާއްޖެއިން ޑިމޮކްރަސީއާ އަދުލު އިންސާފުގެ އުސޫލުތައް ދަމަހައްޓަން އަބަދުމެ މަސައްކަތް ކުރާނެކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދެކުނު ކޮރެއާ ވެރިރަށް ސޯލްގައި ބޭއްވި "ސަމިޓް ފޯ ޑިމޮކްރަސީ" ގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގަ އެވެ.  މި ސަމިޓަކީ އެމެރިކާގެ އިސްނެގުމަކަށް 2021 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަމިޓެކެވެ. މިއީ ތިން ވަނަ ސަމިޓެވެ. މި އަހަރުގެ ޝިއާރަކީ "ޑިމޮކްރަސީ ފޯ ފިއުޗާ ޖެނެރޭޝަންސް" އެވެ. 

"ސަމިޓް ފޯ ޑިމޮކްރަސީ" ގައި ޒަމީރު ވިދާޅުވީ ޑިމޮކްރަސީ އާއި އަދުލުވެރިކަމާއި ހަމަހަމަ އިންސާފުގެ އުސޫލުތައް ދިވެހި ސަރުކާރުން އަބަދުވެސް ނަގަހައްޓާ ދަމަހައްޓާނެ ކަމަށާއި ރައްޔިތުންނަށް ހަމަހަމަކަމާއެކު އަދުލު އިންސާފު ހޯދައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމަށެވެ.

އަދި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރަން ދިވެހި ސަރުކާރުން ކުރާ މަސައްކަތުގެ މައްޗަށް ވެސް ޒަމީރު ވާހަކަފުޅު ދެއްކެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.