ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށައިފި

ހަފުތާއަކަށް ބަލާއިރު 5,466 އިންޑިއާ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ ދުވާލަކު 700 މީހުންނެވެ.

މާލެއަށް ކްރޫޒްލައިނާއިން ފޭބި އިންޑިއާ ޓޫރިސްޓުން -- މިރާ

ޓޫރިޒަމްގެ މައި ސީޒަނަށް އަގު ބޮޑުވުމާއެކު ދަށްވެގެން ދިޔަ އިންޑިއާ މާކެޓު އަގުތައް ދަށްވަން ފެށުމުން މަތިވާން ފަށާފައިވާ ކަމަށް ހިސާބު ތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑޭޓާތަކުން އެނގޭ ގޮތުގައި މިހާރު އެވްރެޖު ގޮތެއްގައި ހަފުތާއެއްގެ މައްޗަށް އިންޑިއާއިން ރާއްޖެއަށް 5،000 ޓޫރިސްޓުން އެބައާދެ އެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާނަމަ 714 މީހުންނެވެ. މި އަދަދަކީ މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ޑެއިލީ އެރައިވަލްސްނުވަތަ ކޮންމެ ދުވަހަކު އަންނަ ޓޫރިސްޓުންގެ އަދަދު ކަމަށްވާ 5،000 އިން ބެލި ނަމަވެސް ނިސްބަތުން އިތުރު އަދަދެކެވެ. 

އިންޑިއާ މާކެޓް އިތުރުވިވަރު

  • 28 ފެބްރުއަރީ - 25,971
  • 20 މާރިޗު - 31,437
  • އިތުރުވި - 5,466

މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް އިންޑިއާ މާކެޓުން އައިސްފައިވަނީ 25,971 ޓޫރިސްޓުންނެވެ. އަދި އިއްޔެގެ ނިޔަލަށް 31,437 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 5,466 އިތުރުވުމެކެވެ. 

އިންޑިއާ މާކެޓަކީ މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެއްވަނަ މާކެޓެވެ. ނަމަވެސް ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށް ރާއްޖޭގެ އެނދުތައް އަގު މައްޗަށް ޖައްސާލުމާއެކު އެ މާކެޓު ވަނީ ދަށްވެފަ އެވެ. މިއީ ކޮންމެ އަހަރެއްގެ މި ދުވަސްވަރު ވެސް ޓޫރިޒަމަށް އަންނަ ބަދަލެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.