ކުދިން ލައްވާ ކުށްކުރުވާ މައްސަލަތަކުގައި އަމަލުކުރާނެ އިރުޝާދެއް ނެރެފި

އެކިއެކި ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއްކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ޕްރެސް އެއްގައި ޕީޖީ ހުސެއިން ޝަމީމް ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ -- ފައިލް ފޮޓޯ: މިރާ

ކުޑަކުދިންނާ ދެކޮޅަށް ކުރާ ކުށާއި ކުދިން ގްރޫމްކޮށް، ރެކްރޫޓުކޮށްގެން ކުށްކުރުވާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރެ އާންމުކޮށްފި އެވެ. 

އެ އޮފީހުގެ މި އިރުޝާދަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާ ގެ އަކުރު (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރާ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް އޮންނަ މަސްއޫލިއްޔަތުގެ ދަށުން ނެރުނު އިރުޝާދެކެވެ.

އެ އޮފީހުން ބުނީ އެކިއެކި ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއްކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މިބާވަތުގެ ކުށްތަކަކީ، އެ ކުށްތައް ތަހުގީގު ކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތެއްގެ ކުށްތައް ކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކުން އެއްގޮތަކަށް އަމަލު ކުރާކަން ކަށަވަރުކުރަން، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ތަހުގީގުކުރުމުގައާއި ދައުވާކުރުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ނެރުނީ ކަމަށް ވެސް ބުންޏެވެ. އަދި މިއިރުޝާދުގެ ސަބަބުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމް ކޮށްގެންނާއި ރެކްރޫޓު ކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.