"ކޮންގްރެސްއަށް މަޖިލިސް މެޖޯރިޓީ ދީފި ނަމަ މީހުން ހައްޔަރު ކުރަން ފަށާނެ"

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަނިޔާވެރިކަމާ ދެކޮޅަށް، ހެޔޮވެރިކަން ކުރުމަށް މަސައްކަތް ކުރާ ޕާޓީ ކަމަށާއި އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އެކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންހާ ކޮންގްރެސް ޕާޓީއަށް މެޖޯރިޓީ ދީފި ނަމަ ވަގުތުން ސިޔާސީ މީހުން ހައްޔަރު ކުރަން ފަށާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ރޭ ވިދާޅުވީ ސަރުކާރުން އަމަލު ކުރާ ގޮތުން ކަންކަން އޮތީ ކަންބޮޑުވާ ހިސާބުގައި ކަމަށާއި ކުރިން އޮތް ރާއްޖެ ބަދަލުވެ ވެރިކަން ބަދަލުވެފައި ވަނީ ބޮޑެތި ދޮގުތަކެއް ހަދައިގެންކަން ރައްޔިތުންނަށް މިހާރު އެނގޭ ކަމަށެވެ. 

އަދި ވިދާޅުވީ އާ ސަރުކާރުގެ ކޮންމެ ވާހަކައަކާ ވައުދެއް ވެސް ވެގެން ގޮސްފައިވަނީ ދޮގު ވައުދަކަށް ކަމަށް ވާއިރު. ކަންކަން އެހެން އޮއްވާ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް ސިޔާސީ މީހުން ހައްޔަރު ކުރަން ފަށާނެ ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަނިޔާވެރިކަމާ ދެކޮޅަށް، ހެޔޮވެރިކަން ކުރުމަށް މަސައްކަތް ކުރާ ޕާޓީ ކަމަށާއި އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އެކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ.

"ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ އިސާހިތަކު އަޅުގަނޑުމެން ހައްޔަރު ކުރަން ފަށާނެ... އެކަމަކާ ކަންބޮޑުވާނެ ކަމެއް ނެތް. އަޅުގަނޑުމެން ހައްޔަރު ކޮށްގެން ޖަލަށް ދާން ޖެހުނަސް އެއީ މައްސަލައެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

1
450
ދުންމާރި
1 month ago

ހައްޔަރުކުރުން މާލަސްވެއްޖެ ކޮވިޑޭކިޔާފަ އެންމެން ގޭބަންދުކޮށްގެން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދީ ދައުލަތް ލޫޓުވާލައި ބޭރުން ލިބުނުހާ އެހީއެއް ކާލައި ދައުލަތުގެ މާލިއްޔާ ފޫވެސް ކަހާލައި ރައްޔިތުން ދަރުވާލައި ބައިމީހުން މުއްސަދިކޮށްގެން ތިބި މުޖުރިމުން ހައްޔަރުކުރުން މާލަސް މިހާރުން މިހާރަށް ހައްޔަރުކުރަން ގޮވާލަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.