ހާއްސަ މުދާތައް ހިމެނޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ތުރުކީއާއެކު ހަދަނީ

ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލު ކުރައްވަނީ

ހާއްސަ މުދާތައް ހިމެނޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ތުރުކީއާއެކު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ މުޢިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދެ ގައުމުގެ ދޭތެރޭ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަަށެވެ.

އެގޮތުން މިހާރު ކުރިއަށް ދަނީ ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް ސައީދު ވިދާޅުވި އެވެ.

އެ އެއްބަސްވުން އެކުލަވާލުމަށް ދެ ގައުމުގެ މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. އެގޮތުން ފުރަތަމަ ބައްދަލްވުން މިއަދު ވަނީ ބާއްވާފައެވެ.

ހާއްސަ މުދާތައް ހިމެނޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ތުރުކީއާއެކު ހެދުމުގެ މަސައްކަތް ކުރަމުންދާ ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ގާތް އެކުވެރި އަކީ ތުރުކީ އެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ވެސް އެ ގައުމަށެވެ.

އެ ދަތުރުފުޅުގައި ތުރުކީއާ ރާއްޖެއާ ދެމެދު ކުރާ ވިޔަފާރި ދެ ގުނަ އިތުރުކޮށް، އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީ ކުޑަ ކުރަމުގެ މަސައްކަތް ފަށަން ވަނީ މަަޝްވަރާ ކޮށްފައެވެ.

އެ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތުރުކީއާއެކު ވެވުނު އެއްބަސްވުންތަކާއެކު ދެ ގައުމުގެ ވިޔަފާރި މިނިމަމް ޑަބަލް ކުރަން އެއްބަސްވެފައިވާ ކަމަށެވެ.

"އެންމެ މަދުވެގެން ދެ ގުނަ. ހާއްސަ ކަމެއް ފާހަގަ ކުރަން މަހުގެ އެކްސްޕޯޓް ރާއްޖޭން ތުރުކީއަށް ކުރެވޭނެ ގޮތެއް. މިހާރު ވަރަށް ބޮޑު ޓެރިފެއް މި އޮންނަނީ. ވަރަށް ޕޮޒިޓިވްކޮށް ބަލައިގެންފައި. ރާއްޖެ އަށް ކުޑަ ޓެރިފިއާ ހަމަށް ގޮސް އެކަމަށް އެއްބަސްވެވުނު. އެކަން ވެގެންދާނެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވެގެންދާނެ ބޮޑު ކަމަށް. މީގެ އިތުރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ހުޅުވާލަން ނިންމާފައި ވަނީ،" ތުރުކީ ދަތުރުފުޅަށް ފަހު ޑިސެންބަރު ތިން ވަނަ ދުވަހު ރާއްޖެ ވަޑައިގެން ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް -- އެމްއެންޑީއެފްގެ އެއާ ކޯގެ ހިދުމަތް ފަށާ ތާރީހު ޖެހުމުގައި ވެސް ތުރުކީގެ އެހީތެރިކަމާއި އެހީ ވަރަށް ބޮޑު ދައުރެއް އަދާކުރި އެވެ. އެގޮތުން އަސްކަރީ ގިނަ އާލަތްތައް ތުރުކީން ހަދިޔާ ކުރީ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ތުރުކީއާ އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. ރައީސް ސިފަ ކުރެއްވި ގޮތުގައި އުރުދުޢާން އަކީ އިސްލާމީ އުންމަތުގެ މިއަދުގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ގިނަ މުސްލިމުން ދެކޭ ބޭފުޅެވެ.

ކޮމެންޓް

1
450
ބާބޫ
1 month ago

ގައްޒާ ތަޅާ ސުންނާފަތި ކުރާއިރު، އިސްލާމީ ލީޑަރުން ތިބީ ދެކަމުން ހާޖަތައް ދެވިފަ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.