ޕީސީބީގެ ފިޔަވަޅުން އެސްއޯއީ ކޮމެޓީ ހައިރާންވެފައި

ސަރުކާރުގެ މަސްހޫލިއްޔަތު ބަލަން ފިނޭންސް މިނިސްޓްރީގެ ތެރޭގައި އޮންނަ މިނިވަން ބޮޑީ ޕީސީބީން މިފްކޯ އެމްޑީ ސަމާހު ވަނީ 14 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.

އެސްއޯއީ ކޮމެޓީގެ ބައްދަލުވުން މިއަދު ކުރިއަށް ދަނީ

ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެމްޑީއެއްގެ މައްޗަށް އަލަށް އެޅި ފިޔަވަޅާއެކު ސަރުކާރުގެ ކުންފުނިތަކުގެ މަސްހޫލިއްޔަތު ބަލާ އެސްއޯއީ ކޮމެޓީގެ މެންބަރުން ހައިރާން ވެއްޖެ އެވެ. 

ރައްޔިތުން މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީ އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި މިއަދު ވަނީ ޕީސީބީން އެޅި ފިޔަވަޅާމެދު ގިނަ މެންބަރުން ވާހަކަ ދައްކާފަ އެވެ. އަދި އެ ފިޔަވަޅު އެޅި ސަބަބާއި އެކަން ކުރި ގޮތް ސާފު ކުރަން ގިނަ މެންބަރުން ވަނީ ޕީސީބީ އާއި މިފްކޯގެ އެމްޑީ އަހުމަދު ސަމާހު އަދި މެނޭޖުމަންޓް ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފަ އެވެ.

ސަމާހު ސަސްޕެންޑް ކުރީ - ސަރުކާރުގެ މަސްހޫލިއްޔަތު ބަލަން ފިނޭންސް މިނިސްޓްރީގެ ތެރޭގައި އޮންނަ މިނިވަން ބޮޑީ ޕީސީބީން މިފްކޯ އެމްޑީ ސަމާހު ވަނީ 14 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.

އެކަން ބަޔާންކޮށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އޭގެ އެންކުއަރީއެއް ހިންގުމަށް 14 ދުވަހަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ ކަމަށެވެ. އަދި އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ މަތިން ކަމަށެވެ. އެމްޑީ ސަމާހަށް ތުމަތުކޮށް 12 މައްސަލައެއް ބަލަމުން ގެންދެ އެވެ. އޭގެ ތެރޭގައި އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮވެ އެވެ.

ޔައުގޫބު ނެންގެވީ ރިޖެޓް މަހުގެ ވާހަކަ

ޕީސީބީއާ މެދު މީގެ ކުރިން ގިނަ ޝަކުވާތަކެއް މަޖިލީހުގެ ތަޅުމުގައި ކުރެއްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މިހާތަނަށް ޕީސީބީން ކުންފުނިތަކުގެ މައްސަލަ މިގޮތަށް ބަލާފައި ނެތް ކަމަށާ އެހެންކަމުން ބޮންޑޭ ވަނީ މި ފަހަރު މިއައި ބަދަލު ސާފު ކުރަން ކޮމެޓީއަށް ޕީސީބީ ހާޒިރު ކުރަން އެދިވަަޑަައިގެންފަ އެވެ. 

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ މިފްކޯގެ އެމްޑީ ދާދި ފަހުން ކޮމެޓީގައި ވާހަކަ ދައްކަވަމުން މިފްކޯގެ ރިޖެކްޝަން މަހުގެ މައްސަލަ ހުއްޓުވާނެ ކަމަށް ވިދާޅުވި ކަމަށެވެ.، އެހެންކަމުން މިހާރު އަޅައިގެން އުޅޭ ފިޔަވަޅާ މި ވާހަކަފުޅާ ގުޅުމެއް ނެތްތޯ ބަލަން ޖެހޭ ކަމަށެވެ. 

"މިފްކޯގެ ތެރެއިން ހުށަހެޅި މައްސަލައެއް ކަމަށްވަނީ އެހެންވެ މިކަމުގައި ޕީސީބީއާއި މިފްކޯ ހާޒިރުކޮށް މައުލޫމާތު ސާފު ކުރަން ޖެހޭ،" ޔައުގޫބު ވިދާޅުވި އެވެ. 

ޕީސީބީގެ ތާރީހީ ފިޔަވަޅު - ޕީސީބީން މިފްކޯ އެމްޑީގައިގަ އަތްލުން 

ކޮމެންޓް

2
450
މިފްކޯ
1 year ago

ތި ސަމާހު ހީކުރީ މިފްކޯ އެއީ އޭނަގެ ބަފާގެ މުދާ ގަޑެއް ކަމަށް

މާަޔޫސް
1 year ago

މިއީކީ މާބޮޑު ކަމެއްތަ! ބަލަ ފިޔަވަޅު އަޅަން ޖެހޭކަންކަމުގައި ކުރިން ފިޔަވަޅު ނޭޅިގެން ކަންބޮޑުވީ. މިހާރު ފަޔަވަޅު އެޅީމާވެސް ކަމަކުނުދޭ. ތީ މަޖިލީހައް ހާޒިރު ކުރާންޖެހޭ ކަމެއްތަ. ދެން ކޮންމެފަހަރަކު ޒިންމާގައިވާ ކަންކަން ކުރީމާ މަޖިލީހައް ހާޒިރުބާންޖެހޭނަމަ އަޖައިބެއް. މަޖިލީހުން ޕީސީބީގެ މެންބަރުންނަށް ރުހުންދިނުމުގެ މައްސޫލިއްޔަތު އަވަހައް އަދާ ކުރައްވާ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.