އަހަރު ދުވަހުން ހުރިހާ ބިދޭސީން ހޯދާ ފިންގަޕްރިންޓް ނަގަނީ

މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ގާނޫނާ ހިލާފު ހުރިހާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދެއްވާނެ ކަމަށެވެ. ދެން ވެސް އެމީހުން ގަވާއިދަށް ނުފެތެއްޖެނަމަ އެމީހުން ޑީޕޯޓް ކޮށްލާނެ ކަމަށެވެ.

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންތަކެއް: އަހަރު ދުވަހުން ހުރިހާ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައި -- މި

ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން ހޯދައި، އެމީހުންގެ ހުރިހާ މައުލޫމާތެއް ހިމެނޭ ނިޒާމެއް ގާއިމްކޮށް، އޭގެ އެކްސެސް ކައުންސިލްތަކާއި ޕޮލިސް ސްޓޭޝަންތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބިދޭސީ މީހުން ގިނަވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް. މިކަން ހައްލު ކުރުމަށް އަޅުގަނޑުމެން ހާއްސަ ޓާސްކް ފޯސްއެއްގެ މަސައްކަތާ އެކުގަ މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އެއް އަހަރު ދުވަސް ތެރޭގައި މިކަން ގާނޫނީ ހަމަތަކުގެ ތެރެއަށް ގެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި އުޅޭ މީހުންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލެއްގައި އޮންނަން ވާނެ ކަމަށް އުސޫލުތައް ބަޔާންކުރެ އެވެ. ނަމަވެސް ބިދޭސީންނާ ގުޅޭ އެއްވެސް ޑޭޓާއަކަށް އެކްސެސް ނެތި ކައުންސިލްތަކުގައި އެ ދަފްތަރު އެކުލަވައިނުލެވޭނެ މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިހާރުގެ ސަރުކާރުގެ ޓާގެޓަކީ ކުރިއަށް އޮތް އެއް އަހަރު ތެރޭގަ ރާއްޖޭގަ ތިބި ހުރިހާ ބިދޭސީންގެ، އެއީ ހއ. ތުރާކުރުން ފެށިގެން ގޮސް އައްޑޫ އަތޮޅު ގަމާ ދޭތެރޭ ހުރިހާ ރަށެއްގަ ތިބި ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގި، ޑޭޓާ ބޭސްއަކަށް އެޅި، ކައުންސިލްތަކަށް އެ ފިންގަޕްރިންޓް ޑޭޓާތަކަށް އެކްސެސް ދެވި، ފިންގަޕްރިންޓް ސްކޭން ކުރާ މޮބައިލް ޑިވައިސްތަކާ އަދި ފިކްސްޑް ޑިވައިސްތައް ކައުންސިލްތަކަށާ ޕޮލިސް ސްޓޭޝަންތަކަށް ދެވި، އެތަނަށް އަންނަ ކޮންމެ ބިދޭސީއަކީ އިނގިލި ޖައްސާލީމަ ކާކުތޯ ޑޭޓާ ބޭސްއިން އިނގޭވަރު ކޮށްދިނުން،" މިނިސްޓްރީގެ ޕްލޭން މިނިސްޓަރު ހާމަކޮށްދެއްވި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު މަޖިލީހުގައި ވާހަކަދައްކަވަނީ --

މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ގާނޫނާ ހިލާފު ހުރިހާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދެއްވާނެ ކަމަށެވެ. ދެން ވެސް އެމީހުން ގަވާއިދަށް ނުފެތެއްޖެނަމަ އެމީހުން ޑީޕޯޓް ކޮށްލާނެ ކަމަށެވެ.

މި މަސައްކަތް ކުރެވުމުން، ފިލައިގެންދާ މީހުންނާ ގަވާއިދާ ހިލާފަށް އުޅޭ މީހުން ފަސޭހައިން ދެނެގަނެވި ފިޔަވަޅު އަޅަން ވެސް ފަސޭހަވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިހާރުގެ މިސާލެއް ދަންނަވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ރެއިޑް އޮޕަރޭޝަންތަކުން ހިފާ ހައްޔަރުކުރާ މީހުންގެ އަތުގައި އައިޑީއެއް ވެސް ނޯންނާތީ އެމީހުންގެ މައުލޫމާތު ހޯދަން ދަތިވާ ކަމަށެވެ.

މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު އުޅެނީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިންނެވެ. އެހެން ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަސައްކަތްތެރިން ވެސް ރާއްޖޭގައި އުޅެ އެވެ. މިހުރިހާ އެންމެން ގާނޫނަށް ފައްތާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ގަވާއިދަށް ފައްތަން މިދިޔަ ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރި އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 63،000 ބިދޭސީން އުޅޭ ކަމަށް އޭރު ހާމަކޮށްފައިވެ އެވެ. ބަންގްލަދޭޝްގެ އާބާދީ އިތުރުވާތީ 2019 ވަނަ އަހަރު އޭރުގެ ސަރުކާރުން އޮތީ އެގައުމުން އަންސްކިލްޑް ލޭބަރުން ގެނައުން މަނާކޮށްފަ އެވެ. ނަމަވެސް މި ސަރުކާރުން އަލުން ވަނީ އެ ހުއްދަ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.