ފަސް ކިލޯގެ ޑުރަގު ގެނައި ބިދޭސީއަކު ހައްޔަރުކޮށްފި

ބޭރުން ރާއްޖެއަށް މަސްތުވާތަކެތި ގެންނަ މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ އެއް ބަޔަކީ ޕާކިސްތާނު މީހުނެވެ.

ކަސްޓަމްސްގެ އޮފިސަރުން ބަލާ ފާސްކޮށް އަތުލި މަސްތުވާތަކެތި

ރާއްޖެއަށް ގިނަ އަދަދަކަށް ޑުރަގު އެތެރެ ކުރި ބިދޭސީއަކު ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މި މަހުހުގެ 12 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ވައިގެ މަގުން ރާއްޖެއަށް ޑުރަގު ހިފައިގެން އައިސްފައި ވަނީ ޕާކިސްތާނު ފިރިހެނެއް ކަމަށެވެ. އަދި ބުނީ އުމުރުން 56 އަހަރުގެ އެ މީހާއަށް ޝައްކުވާތީ އޭނާގެ ލަގެޖު ބަލައި ފާސް ކުރި އިރު 5.30 ކިލޯގެ މަސްތުވާތަކެތި ފެނި އެ ތަކެތި އަތުލާފައިވާ ކަމަށެވެ.


އެ މީހާ ގެނައި ޑުރަގާއި މީހާ ހިފެހެއްޓުމަށް ފަހު މިހާރު މައްސަލަ ބަލައި ތަހުގީގު ކުރި ނަމަވެސް މި މައްސަލައިގެ ތަފުސީލެއް ކަސްޓަމާއި ފުލުހުން އަދިއެއް ނުދެ އެވެ. 

ނަމަވެސް ކްރިމިނަލް ކޯޓުން އެ މީހާގެ ބަންދަށް ވަނީ މަސް ދުވަހުގެ މުއްދަތު ޖަހައިދީފަ އެވެ. އަދި އެމީހާ ރާއްޖެއަށް ގެނައި މަސްތުތަކެތި ޓެސްޓް ކުރުމުން ހެރޮއިންއަށް ޕޮޒިޓިވްވެފައިވާއިރު އެތަކެތީގެ މަގުމަތީ އަގު 5.3 މިލިއަން ރުފިޔާއަށް އަރަ އެވެ.

ބޭރުން ރާއްޖެއަށް މަސްތުވާތަކެތި ގެންނަ މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ އެއް ބަޔަކީ ޕާކިސްތާނުން އަންނަ މީހުނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.