ޑޮލަރުގެ އަގު ދާނީ ދަށަށް، ފޮރުވާފަ ބަހައްޓައިގެން ފައިދާއެއް ނެތް

މިހާރު ޑޮލަރުގެ އަގު ދަށްވުމުގައި ފައިސާ ޗާޕު ޖެހުން ހުއްޓާލުމާއެކު ސަރުކާރުން އަޅަމުން ގެންދާ ބައެއް ފިޔަވަޅުތައް މުހިންމު ރޯލެއް ކުޅެ އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު

ޑޮލަރުގެ އަގު ދަަށްވަމުން އެބަދެ އެވެ. އެހެންވެ މިހާރު ޑޮލަރު ފޮރުވާފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ނޫނެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ޑޮލަރު ފޮރުވައިގެން ތިބޭނަމަ ހުރި ޑޮލަރު ކޮޅުގެ އަގު ވެއްޓި އޭގެ ހަގީގީ ފައިދާ ނުލިބިދާނެ އެވެ.

މިނިސްޓަރު ސައީދު އެކްސްގައި ވިދާޅުވީ ޑޮލަރުގެ އަގު އެންމެ ފަހުން އުފުލިގެން ގޮސްފައި ވަނީ ރޯދަ މަހަށް އިމްޕޯޓް އިތުރުވުމާއި އުމްރާއަށް ފުރާ މީހުންގެ ގިނަ އަދަދެއްގެ ޑޮލަރު ބޭނުން ކުރުމުގެ ސަބަބުން ކަމަށެވެ. 

ސަރުކާރުން ވަނީ ޑޮލަރުގެ އަގު ދަށްކުރަން ފިޔަވަޅުތަކެއް ވެސް އަޅަން ފަށާފަ އެވެ. މިގޮތުން ކަޅުބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ހަތް މީހަކު އަތުލައިގަނެ ޑީޕޯޓް ކުރަން އިމިގްރޭޝަނުން ވަނީ ނިންމާފަ އެވެ. 

ޑޮލަރުގެ އަގު އުފުލުމަށް ފަހު މިހާރު ވަނީ ޑޮލަރުގެ އަގު ދަށްވެފަ އެވެ. މިހާރު ޑޮލަރު ދަށްވާ ސަބަބާ ބެހޭ ގޮތުން ދުނިޔެ މިހާތަނަށް ދުށް ދެވަނަ ފައިނޭންޝަލް ކްރައިސިސް 2008 ގެ ދުވަސްވަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދާދި ފަހުން ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޑޮލަރުގެ އަގު ވެއްޓިގެން ދިއުމުގެ އެއް ސަބަބަކީ ފައިސާ ޗާޕު ކުރުން މި ސަރުކާރުން ހުއްޓާލުމެވެ.

"ބްލެކް މާކެޓްގައި ޑޮލަރުގެ ރޭޓް އެބަ ދަށްވޭ. އިންފްލޭޝަން ދަށްވާނެ، ތަކެތީގެ އަގު ދަށް ވާނެ، މިއީ ރުފިޔާ ޕްރިންޓް ކުރުން ހުއްޓާލާ މަނީ ސަޕްލައި ދަށް ކުރުމުގެ ރަނގަޅު ނަތީޖާ. އެމްޑީޕީ ސަރުކާރުގައި މި ވާހަކަ ބުނީމަ އެކަން ނުކުރީ،" ނަޝީދު ވިދާޅުވި އެވެ.

ޑޮލަރު ދަށްވާ ސަބަބު - މިހާރު ޑޮލަރުގެ އަގު ދަށްވުމުގައި ފައިސާ ޗާޕު ޖެހުން ހުއްޓާލުމާއެކު ސަރުކާރުން އަޅަމުން ގެންދާ ބައެއް ފިޔަވަޅުތައް މުހިންމު ރޯލެއް ކުޅެ އެވެ.

މިއަށް ހިތްވަރު ދޭ އަނެއް ކަމަކީ ޓޫރިޒަމްގެ ސީޒަން ވެސް މި ދުވަސްވަރަށް ވައްލާލުމާއި އިމްޕޯޓުގެ ޑިމާންޓް ދަށްވުމެވެ. އައިއެމްފް އާއި ވޯލްޑް ބޭންކުން އެންމެ ބޮޑަށް ދެމެމުން ދިޔަ ފައިސާ ޗާޕު ކުރުމުގެ ސަގާފަތް ދޫކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ އެޅުއްވި ފިޔަވަޅުގެ ގޮތުގަ އެވެ. 

އެ ދުވަހާ ހަމަށް މިދިޔަ ފަސް އަހަރު އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ވަނީ އިގްތިސޯދަށް ދޫކޮށްފަ އެވެ. މި ފައިސާއަކީ 40 އަހަރުތެރޭ ތިން ހަތަރު ވެރިކަމުން ފައިސާ ޗާޕުކުރި އަދަދާ ނުބައްދަލު ބޮޑު އަދަދެކެވެ. މި ބޮޑު އަދަދުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އޮތީ ކްރޭޝްވުމާ ގާތުގަ އެވެ.

ކޮމެންޓް

1
450
މހނ
1 month ago

ޢެމްޑީޕީ ބުންޏަސް ފަކުރުގަނަނަނީ އެމީހުން ނުކުރާނެ ކަމެއް ނޯއްނާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.