ތޮއްޔިބު ވަޒީފާއިން ވަކިކޮށްފި، އަލުން ވަޒީފާ ދޭން އެދި ރައީސަށް ސިޓީއެއް

"އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެކު ވަރަށް އާދޭހާއި އެކު އެދެނީ އަޅުގަނޑަށް ސްޓެލްކޯ އިން ފާއިތުވި ޖެނުއަރީ 29 ވަނަ ދުވަހު ދެއްވި ސާވިސް ސްޕަވައިޒަރު ކަމުގެ ވަަޒީފާ އަލުން އިއާދަ ކޮށްދެއްވައި އަޅުގަނޑު ވަޒީފާއަށް ނެރެދެއްވުމަށް ދެންނެވުމެވެ،"

ތޮއްޔިބު ޝަހީމް: ސްޓެލްކޯގެ ވަޒީފާ އިން ވަނީ ވަކިކޮށްފައި

ސްޓެލްކޯގެ ބިއުރޯގެ ސާވިސް ސްޕްވައިޒަރެއްގެ މަގާމުގައި ހުރި ތޮއްޔިބު ޝަހީމް އެ މަގާމުން ވަކިކޮށްފި އެވެ. މަގާމުން ވަކިކޮށްފައިވާ ކަން ހާމަކޮށް ވަޒީފާ އަލުން ދިނުމަށް އެދި ތައްޔިބު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވާފައެވެ. ޝަހީމް ވަނީ އެ ސިޓީ ވެސް އާންމުކޮށްފައެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުކަަން ހޯދި ތޮއްޔިބުގެ ސިޓީގައި ބުނެފައި ވަނީ ސްޓެލްކޯގެ ބިއުރޯގެ ސާވިސް ސްޕްވައިޒަރެއްގެ މަގާމު އޭނާއަށް ހަމަޖެހުނީ ޖަނަވަރީ 29 ވަނަ ދުވަހު ކަމަށާ އެ ވަޒީފާއަށް ނިކުތީ އޭނާގެ ލަޔާގަތާއި ގާބީލު ކަން ތަން ދިން އެންމެމަތީ މިންވަރަކަށް ހިދުމަތް ކުރުމުގެ ހެޔޮ ނިޔަތާއި އަޒުމުގައި ކަމަށެވެ.

ވަޒީފާ އަށް ނިކުތުމަށްފަހު ކުންފުނިން ހަވާލުކުރި ކޮންމެ މަސައްކަތެއް ކުރުމަށް އަޒުމް ކަނޑައެޅި ކަމަށާ އޭނާ މަސައްކަތް ކުރުމަށްޓަކައި ކުންފުނިން ކޮންޕިއުޓާ ސިސްޓަމް ހަމަޖައްސާ މަސައްކަތް ކުރެވޭ ގޮތަށް ނެޓްވޯކް ގުޅާ ހައްދަވައި ދިނީ ފެބްރުއަރީ 24 ވަނަ ދުވަހު ކަމަށެވެ.

"އެދުވަހާއި ހަމައަށްވެސް އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލު ކުރެވުނު ކޮންމެ ކަމެއް އަޅުގަނޑު ކޮށްފައިވާނެ އެވެ. އަދި މަސައްކަތް ކުރާނެ ސިސްޓަމް ހަމަޖެހުމާ އެކު ވެސް އަޅުގަނޑު ފަސްޖެހުމެއް ނެތި އަޅުގަނޑާ ހަވާލު ކުރެވުނު ކޮންމެ ކަމެއް އަޅުގަނޑު ކޮށްފައިވާނެ ކަމުގައި ދަންނަވަމެވެ،"

އޭނާ މަސައްކަތް ކުރުމުގައި ކުންފުނީގެ އެއްވެސް ވެރިއަކު ވެސް / މުވައްޒަފަކު ވެސް ނުރުހޭ ކޮމެންޓް ކޮށް އިތުރަށް ރަނގަޅު ކުރަން ކަމެއް ވެސް ބުނެދީފައިނުވާ ކަމަށާ ނަމަވެސް މި މަހުގެ ތިންވަނަ ދުވަހު ކުއްލި ގޮތަކަށް އެޗްއާރަށް ހާޒިރުކޮށް "ވެރިން އެންގެވި ގޮތަށް" އޭނާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަކަން އަންގާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ހަވާލުކޮށްފައިވާ ކަމަށެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެކު ވަރަށް އާދޭހާއި އެކު އެދެނީ އަޅުގަނޑަށް ސްޓެލްކޯ އިން ފާއިތުވި ޖެނުއަރީ 29 ވަނަ ދުވަހު ދެއްވި ސާވިސް ސްޕަވައިޒަރު [ގްރޭޑް1] ކަމުގެ ވަަޒީފާ އަލުން އިއާދަ ކޮށްދެއްވައި އަޅުގަނޑު ވަޒީފާއަށް ނެރެދެއްވުމަށް ދެންނެވުމެވެ،" ހީވާގި ކަމާ ފަރުވާތެރިކަމާ އެކު ދައުލަތަށް ހިދުމަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބަޔާންކޮށް ތޮއްޔިބު ސިޓީގައި ވެ އެވެ.

ތޮއްޔިބު ވަނީ ރައީސް ސޯލިހްގެ ސަރުކާރު ގައި ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމެއް ފުރާފައެވެ. އޭނާ ފާހަގަ ކުރެވުނީ އެމްޑީޕީ އިދިކޮޅު އޮތްއިރު އޭރުގެ ސަރުކާރު -- ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާ ގައި ތަފާތު ވާހަކަތައް ހިއްސާކޮށް ވަރަށް އެކްޓިވްކޮށް ސޯޝަލް މީޑިއާގެ "އެކްސް" ގައި ހަރަކާތްތެރިވި މީހެއްގެ ގޮތު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.